ކޮކާ ކޯލާގެ "ކޯކް އެންޑް މީލްސް" ކެމްޕެއިން ރާއްޖޭގައި ފަށައިފި

ކޮކާ ކޯލާއިން މުޅި ދުނިޔޭގައި ކުރިޔަށް ގެންދާ "ކޯކް އެންޑް މީލް" ކެމްޕެއިން ރާއްޖޭގައި ފަށައިފި އެވެ. މިއީ ކޯވިޑަށް ފަހު އާއި ދިރިއުޅުމުގެ އާ ކަންކަމުގެ ތެރެއިން ކެއުމުގައި ރައްޓެހިންނާއި އާއިލާއާ އެކ...

28 Jan 2021 | 09:54

ކޮކާ ކޯލާއިން މުޅި ދުނިޔޭގައި ކުރިޔަށް ގެންދާ "ކޯކް އެންޑް މީލް" ކެމްޕެއިން ރާއްޖޭގައި ފަށައިފި އެވެ.

މިއީ ކޯވިޑަށް ފަހު އާއި ދިރިއުޅުމުގެ އާ ކަންކަމުގެ ތެރެއިން ކެއުމުގައި ރައްޓެހިންނާއި އާއިލާއާ އެކު ގުޅުން ބަދަހިކުރުމަށް ހިތްވަރުދޭ ކެމްޕެއިނެކެވެ.

މި ކެމްޕެއިނާއި އެކު ކޮކާ ކޯލާއިން ވަނީ ހާއްސަ ޕްރޮމޯޝަނެއް ފަށާފައި އެވެ. މި ޕްރޮމޯޝަންގެ ދަށުން ކޮކާ ކޯލާގެ ދެ ލީޓަރު ފުޅިއެއް ގަތުމުން ބިއްލޫރި ތައްޓެއް ހިލޭ ލިބޭނެ އެވެ.

ކޮކާ ކޯލާގެ މި ޕްރޮމޯޝަން ކުރިޔަށް ދާނީ މިއަދުން ފެށިގެން މާޗް މަހުގެ31 ގެ ނިޔަލަށެވެ.

ކޮކާކޯލާއިން ކުރިޔަށް ގެންދާ "ކޯކް އެންޑް މީލް" ކެމްޕެއިނާއި ގުޅޭގޮތުން ކަންޓްރީ މެނޭޖަރު ޕަންކާޖް ސިންހަ ވިދާޅުވީ، މި ކެމްޕެއިނާ އެކު ރާއްޖޭގައި ވެސް ކެއުމުގެ ތެރެއިން އާއިލީ ގުޅުންތައް އިތުރަށް ބަދަހިވެގެންދާނެ ކަމަށް އުންމީދުކުރައްވާ ކަމަށެވެ. އޭނާ ވިދާޅުވީ އާންމު ދިރިއުޅުމުގައި ކޮކާ ކޯލާގެ ދައުރު ވަރަށް ބޮޑުކަމަށެވެ.

އަދި ދިރިއުޅުމަށް ރަނގަޅު ބަދަލުތަކެއް އަންނާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ޕަންކާޖް ވިދާޅުވި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް