ފޭކު ކަރަންޓީން ލިޔުމެއް ހުށަހެޅި މަޖިލިސް މުވައްޒަފަކު ސަސްޕެންޑްކޮށްފި

ފޭކު ކަރަންޓީނު ލިޔުމެއް މަޖިލިސް އިދާރާއަށް ހުށަހެޅި، އެއިދާރާގެ މުވައްޒަފަކު 10 ދުވަހަށް ސަސްޕެންޑު ކޮށްފިއެވެ. އެފަދަ މައްސަލައެއް ފެނަމަތިވެފައިވާ ކަމަށް، ޑިރެކްޓަރ އޮފް މީޑިއާ އެންޑް ކޮމިއުނިކޭޝަ...

28 Jan 2021 | 09:35

ފޭކު ކަރަންޓީނު ލިޔުމެއް މަޖިލިސް އިދާރާއަށް ހުށަހެޅި، އެއިދާރާގެ މުވައްޒަފަކު 10 ދުވަހަށް ސަސްޕެންޑު ކޮށްފިއެވެ.

އެފަދަ މައްސަލައެއް ފެނަމަތިވެފައިވާ ކަމަށް، ޑިރެކްޓަރ އޮފް މީޑިއާ އެންޑް ކޮމިއުނިކޭޝަން ހަސަން ޒިޔާޢު ވިދާޅުވިއެވެ.

އެމުވައްޒަފު ސަސްޕެންޑު ކޮށްފައިވަނީ މިދިޔަ ހަފްތާގެ ތެރޭގައެވެ. އެމުވައްޒަފު ހުށަހަޅާފައިވަނީ ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) ގެ ކަރަންޓީނު ލިޔުމެއްކަމަށް ބުނެ، ފޯޖު ކޮށްފައިވާ ލިޔުމެކެވެ.

މިމައްސަލައިގައި ސަސްޕެންޑު ކޮށްފައިވަނީ އެއިދާރާގެ އަންހެން މުވައްޒަފެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް