ސަނާ ޚާންގެ ހިތް ފަޅައިގެން ހިނގައްޖެ

ސަނާ ޚާންގެ އެންމެ ފަހުގެ އިންސްޓަގްރާމް ޕޯސްޓުން ހާމަވަނި ކޮންމެވެސް މީހަކު ސަނާ އާ ދެކޮޅަށް ވީޑިއޯތަކެއް ހަދަމުން ގެންދާކަމެވެ. އެގޮތުން ސަނާގެ ޕޯސްޓްގައި އޭނާ ފާހަގަކޮށްފައިވަނީ އޭނާގެ ޕާސްޓާ ބެހޭގ...

28 Jan 2021 | 09:17

ސަނާ ޚާންގެ އެންމެ ފަހުގެ އިންސްޓަގްރާމް ޕޯސްޓުން ހާމަވަނި ކޮންމެވެސް މީހަކު ސަނާ އާ ދެކޮޅަށް ވީޑިއޯތަކެއް ހަދަމުން ގެންދާކަމެވެ.

އެގޮތުން ސަނާގެ ޕޯސްޓްގައި އޭނާ ފާހަގަކޮށްފައިވަނީ އޭނާގެ ޕާސްޓާ ބެހޭގޮތުން ބައެއް މީހުން ވަރަށް ނެގެޓިވް ވީޑިއޯ ހަދަމުން ގެންދާ ކަމަށެވެ. އަދި އެ ހުރިހާ ކަމެއް ކުރަމުން ދިޔަ އިރުވެސް ސަނާ މަޑުމަޑުން ހުރީ ކަމުގައެވެ.

ސަނާގެ ޕޯސްޓްގައި އޭނާ އިތުރަށް ބުނެފައިވަނީ މީހަކު ތައުބާ ވުމަށް ފަހު އޭނާ ކުރިން ކޮށްފައިވާ ފާފަތަކުގެ ވާހަކަތައް ދެއްކުމަކީ ފާފައެއްކަން ނޭންގޭ ތޯ ސުވާލު ކޮށްފައިވެއެވެ.

އަދި ސަނާގެ ހިތް މިކަމުގެ ސަބަބުން މުޅިން ހަލާކުވެފައިވާ ކަމަށްވެސް ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް