ކަރީނާ ވިހާ ދުވަސް ކައިރިވާތީ ސައިފް ބިރުން

ކަރީނާއާ ސައިފްއަށް އިތުރު ދަރިއަކު ލިބޭކަމުގެ ޚަބަރު ފެތުރުމާ ގުޅިގެން އެދެމަފިރިންގެ ޢާއިލާ މިހުންނާއި ގާތް ރައްޓެހިންގެ އިތުރުން ފޭނުންވެސް އިންތިޒާރުކުރަމުން ދަނީ ކަރީނާ ވިހާނެ ދުވަހަކަށެވެ. ވަރަށ...

28 Jan 2021 | 08:50

ކަރީނާއާ ސައިފްއަށް އިތުރު ދަރިއަކު ލިބޭކަމުގެ ޚަބަރު ފެތުރުމާ ގުޅިގެން އެދެމަފިރިންގެ ޢާއިލާ މިހުންނާއި ގާތް ރައްޓެހިންގެ އިތުރުން ފޭނުންވެސް އިންތިޒާރުކުރަމުން ދަނީ ކަރީނާ ވިހާނެ ދުވަހަކަށެވެ.

ވަރަށް ފަހުން ސައިފް ދީފައިވާ އިންތަވިއުއެއްގައި އޭނާ މިވަނީ ކަރީނާ ވިހާ ދުވަސް ހާމަކޮށްފައެވެ. އެގޮތުން ސައިފް ބުނެފައިވަނީ ކަރީނާ ވިހަން ތައްޔާރުވެފައިވަނީ މި ފެށޭ ފެބްރުއަރީ މަހުގެ ފުރަތަމަ ކޮޅުގައެވެ. މީގެ އިތުރުންވެސް ސައިފް ބުނެފައިވަނީ އެ ދެމަފިރިންވެސް ތިބީ ކެއްމަދުވެފައި ކަމަށެވެ.

ސައިފް އިތުރަށް ބުނެފައިވަނީ ވިހާދުވަސް ކައިރުވުމުން އުފާވާ ވަރަށް ބިރުވެސް ގަނޭ ކަމުގައެވެ.

ސައިފްއާއި ކަރީނާގެ ޖޯޑު ކައިވެނީގެ ގޮށް ޖަހާފައިވަނީ 2012 ވަނަ އަހަރުގައެވެ. އަދި މި ދެމީހުންނަށް ފުރަތަމަ ދަރިފުޅު ތައިމޫރް އަލީ ޚާން ލިބިފައިވަނީ 2016 ވަނަ އަހަރުގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް