ގިނައިން ހޭ ނަމަ ހަށިގަނޑަށް ވާގޮތް މިއޮތީ

އަހަރެމެން ހިނި އައުމުން ތަފާތު އިހުސާސެއް ކުރެވޭކަން މިއީ އެންމެންވެސް ޤަބޫލުކުރާނެ ޙަޤީޤަތެކެވެ. ހަމަ އެފަދައިން މާ ގިނައިން ހޭ ނަމަވެސް ހަށިގަނޑަށް އެކަމުން ކުރާ އަސަރުތައްވެސް ވަރަށް ތަފާތެވެ. އެގ...

28 Jan 2021 | 08:28

އަހަރެމެން ހިނި އައުމުން ތަފާތު އިހުސާސެއް ކުރެވޭކަން މިއީ އެންމެންވެސް ޤަބޫލުކުރާނެ ޙަޤީޤަތެކެވެ. ހަމަ އެފަދައިން މާ ގިނައިން ހޭ ނަމަވެސް ހަށިގަނޑަށް އެކަމުން ކުރާ އަސަރުތައްވެސް ވަރަށް ތަފާތެވެ. އެގޮތުން ގިނައިން ހުނުމުން ހަށިގަނޑަށް ކުރާ އަސަރުތަކަށް ބަލައިލަމާ ހިނގާށެވެ.

ކެލޮރީސްތައް ވިރުވާލުން

ގިނައިން ހުނުމަކީ ބަރުދަން ލުއިވާ ކަމެކެވެ. އެގޮތުން އާންމުކޮށް އަހަރެމެންގެ ކެއުމުގެ ބާވަތްތަކުން ހަށިގަނޑަށް އިތުރުވާ ކެލޮރީސްތައް ގިނައިން ހުނުމުގެ ސަބަބުން ވިރުވާލައެވެ.

ހިތްހަމަ ޖެހުމާއި ނުތަނަވަސްކަން ފިލުން

ދިރާސާތަކުން ދައްކާގޮތުގައި ވަރުގަދަޔަށް ހީލުމުން ހިތްހަމަޖެހުމާއި ނުތަނަވަސްކަން ފިލާދާނެއެވެ. އެއީ ވަރުގަދަޔަށް ހީލުމުން ހަށިގަނޑުގައި ހުންނަ އުފާވެރި ކެމިކަލްސްތައް ރިލީޒްވުމުގެ ސަބަބުން މީހާގެ މޫޑް ބަދަލުވެ އުފާވެރިކަން ގެނެސްދެއެވެ.

ލޭ މައްޗަށް ދިޔުން ދައްވުން

ރަނގަޅަށް ހީލުމުގެ ސަބަބުން ހަށިގަނޑުގެ ލޭ ހިނގުން އިތުރުކޮށްދެއެވެ. މިކަމުގެ ސަބަބުން ހިތުގެ ބަލިތަކުންނާއި ހާޓް އެޓެކް ޖެހުމުން ސަލާމަތްކޮށްދެއެވެ.

ތަދުތަށް ކަނޑުވާލުން

ދިރާސާތަކުން ދައްކާގޮތުގައި ތަނަކަށް ތަދުވާނަމަ އޮތް އެންމެ އަވަސް ހައްލަކީ ގަދަޔަށް ހުނުމެވެ. އެއީ ހުނުމުގެ ސަބަބުން ހަށިގަނޑުގައި ޤުދުރަތީ ގޮތުން ހުންނަ ތަދު ކަނޑުވާ ނިޒާމު މަސައްކަތް ކުރަން ފަށައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް