ޔާމީން ދޫކޮށްލާތޯ ޑރ. ޖަމީލް އިންޑިއާ، ލަންކާ އަދި ޕާކިސްތާނުގެ އެހީއަށް

މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ ޖަލަށް ލާފައިވާ ކުރީގެ ރައީސް ޔާމީން ދޫކޮށްލާތޯ ލަންކާ، އިންޑިއާ އަދި ޕާކިސްތާނުގެ އެހީއަށް ޑރ. ޖަމީލް އެދިލައްވައިފިއެވެ. އެގޮތުން ޑރ. ޖަމީލް މިއަދު ކުރެއްވި ޓްވީޓެއްގ...

28 Jan 2021 | 07:57

މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ ޖަލަށް ލާފައިވާ ކުރީގެ ރައީސް ޔާމީން ދޫކޮށްލާތޯ ލަންކާ، އިންޑިއާ އަދި ޕާކިސްތާނުގެ އެހީއަށް ޑރ. ޖަމީލް އެދިލައްވައިފިއެވެ.

އެގޮތުން ޑރ. ޖަމީލް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ދިގު މުއްދަތަކަށް ރައީސް ޔާމީން ޖަލަށް ލާފައިވާއިރު އިދިކޮޅު ސިޔާސީ ލީޑަރުން ޖަލަށް ގެންދިއުން އާންމުވެފައިވާކަމަށެވެ. އެހެންކަމުން ރައިސް ޔާމީން އަވަހަށް ދޫކޮށްލަން ރާއްޖެ ކުރެން އެދުމަށް އިންޑިއާ، ލަންކާ އަދި ޕާކިސްތާނު ކުރެން ޑރ. ޖަމީލް އެދިލައްވާފައިވެއެވެ.

https://twitter.com/MJameelAhmed/status/1354695720310173700

ޑރ. ޖަމީލްގެ މި ޓްވީޓްގައި ތިން ގައުމުގެ ބޮޑުވަޒީރުން ޓެގް ކުރައްވާ ވިދާޅުވެފައިވަނީ އިންޑިއާ ކަނޑުގެ ސަރަހައްދުގެ ހާލަތު ރަނގަޅުވާނީ ރާއްޖޭގެ ހާލަތު ރަނގަޅުވެގެން ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް