އަދުރޭއާއި ޝުޖާއު ޑޮކްޓަރަށް ދައްކަން ޕޮލިސް ނޫސަންދަ އަށް ދާދި ދެެންމެއަކު ގެންގޮސްފިއެވެ.
https://twitter.com/ahmed_narysh/status/1354685316704034816
އިދިކޮޅު ކޯލިޝަންގެ އިސް ދެ ބޭފުޅުން ކަމަށްވާ ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އާއި ނައިބު ރައީސް އިބްރާހިމް ޝުޖާއު ވަނީ އިދިކޮޅުން ކުރި މުޒާހަރާގެ ތެރެއިން ހައްޔަރުކޮށްފައެވެ. އެ ދެބޭފުޅުން ފުލުހުންގެ އިދާރާގައި ބޭތިއްބުމަށް ފަހު ރޭ އިރާކޮޅު ވަނީ ދޫނިދޫ ޖަލަށް ބަދަލުކޮށްފައިި އެވެ.
އަދުރޭ އާއި ޝުޖާއު ހައްޔަރުކުރީ އިއްޔެ މެންދުރު ހެލްތް މިނިސްޓްރީ ކައިރީގައި މުޒާހަރާ ކުރަނިކޮށެވެ.
ޝުޖާއުގެ ގާނޫނީ ވަކީލު މީޑިއާގައި ވިދާޅުވީ އެބޭފުޅުން ބަންދުން ދޫކޮށް ނުލާނެކަން ރޭ އަންގާފައިވާ ކަމަށެވެ. މީގެ ކުރިން އިދިކޮޅުން ކުރި މުޒާހަރާތަކުގައި ހައްޔަރު ކުރާ މީހުން ގަޑިއިރުތަކެއް ފަހުން ނަސޭހަތް ދިނުމަށް ފަހު ދޫކޮށްލަ އެވެ.
މި ދެބޭފުޅުން މިހާރު މިވަނީ ޑަކްޓަރަށް ދެއްކުމަށްޓަކައި ފުލުސް ނޫސަންދައަށް ގެންގޮސްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް