ސަމާލުވޭ! މަކަރާ ހީލަތުން ރާއްޖެއިން ބޭރުން މޭވާ އާއި ތަރުކާތީ އެތެރެކޮށް ނުއަގުގައި އެބަ ވިއްކާ

މަކަރާ ހީލަތުން ރާއްޖެއިން ބޭރުން މޭވާ އާއި ތަރުކާތީ އެތެރެކޮށް ނުއަގުގައި ވިއްކާކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސް އިން ހާމަކޮށްފިއެވެ. މިގޮތުން، މަކަރާއި ހީލަތުން ރާއްޖެއަށް ތަރުކާރީއާއި މޭވާ އެތެރެކޮ...

28 Jan 2021 | 06:31

މަކަރާ ހީލަތުން ރާއްޖެއިން ބޭރުން މޭވާ އާއި ތަރުކާތީ އެތެރެކޮށް ނުއަގުގައި ވިއްކާކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސް އިން ހާމަކޮށްފިއެވެ.

މިގޮތުން، މަކަރާއި ހީލަތުން ރާއްޖެއަށް ތަރުކާރީއާއި މޭވާ އެތެރެކޮށް، ރާއްޖެއިން ބޭރުގެ އެކި ކުންފުނިތަކަށް ދަންކަންޖެހޭ ފައިސާ ނުދައްކާ  މައްސަލަތަކެއް ފުލުހުންނަށް ހުށަހެޅެމުން ދިއުމާއި ގުޅިގެން މިފަދަ ކަންކަން ކުރަމުންދާ ފަރާތްތައް ހޯދުމަށް މޯލްޑިވްސް ޕޮލިސް ސަރވިސްގެ އިކޮނޮމިކް ކްރައިމް ޑިޕާރޓްމަންޓާއި އިންޓެލިޖެންސް ގުޅިގެން ޚާއްސަ މަސައްކަތްތަކެއް ކުރަން ފަށާފައި ވެއެވެ.

މި ޖަނަވަރީ މަހުގެ 16 ވަނަ ދުވަހު ފުލުހުން ވަނީ މިކަމާ ގުޅިގެން އޮޕަރޭޝަނެއް ހިންގާފައެވެ. އެގޮތުން މާލޭގެ ދެ ގެއަކާއި ތިން އެޕާޓްމަންޓަކާއި އޮފީހެއް ބަލައިފާސްކުރުމުގެ ތެރޭގައި ގިނަ ހެކިތަކެއް ވަނީ ހޯދާފައެވެ.

އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓުން މައުލޫމާތު ދޭގޮތުގައި މަކަރާއި ހީލަތުން ރާއްޖެއަށް ތަކުރާރުކޮށް ތަރުކާރީއާއި މޭވާ އެތެރެކޮށް، ރާއްޖެއިން ބޭރުގެ ކުންފުނިތަކަށް ދައްކަންޖެހޭ ފައިސާ ނުދައްކާ 10 މައްސަލައެއް ފާއިތުވި އަހަރު ޕޮލިހަށް ހުށަހެޅިފައިވާއިރު، މިޖަނަވަރީ މަހު ވެސް މިފަދަ އެއް މައްސަލަ  ހުށަހަޅާފއި ވާ ކަމަށް ފުލުހުން ހާމަކުރެއެވެ.

އެހެންކަމުން މިކަމަކީ ދިވެހި ވިޔަފާރަވެރިންގެ އިތުރުން ގައުމުގެ އިގުތިޞާދަށް އޭގެ ސަބަބުން ނޭދެވޭ އަސަރުތަކެއް ކުރަމުންދާނެ ކަމަކަށްވީހިނދު، ވިޔަފާރި ކުރާ ފަރާތްތަކުން މިފަދަ ކަންކަމަށް މިހާރަށްވުރެ ބޮޑު ސަމާލުކަމެއް ދިނުމަށްވެސް އެޑިޕާޓްމަންޓުން އިލްތިމާސްކުރެއެވެ.

މަދުބައެއްގެ މިފަދަ އަމަލުތަކަކީ އޭގެ ސަބަބުން ވިޔަފާރަވެރިންގެ އިތުބާރު ބޭރު ގައުމުތަކުގައި ގެއްލޭނެ ކަމަކަށްވާތީ، މިފަދަ އަމަލުތަކަށް މިހާރަށްވުރެ ބޮޑަށް ސަމާލުކަންދީ އެފަދަ އަމަލުތައް ހިންގާ ފަރާތްތަކުގެ އަތުން ނުއަގުގައި މުދާ ނުގަތުމަށާއި މިކަންކަމަށް ހިއްވަރުނުދިނުމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއިން އިލްތިމާސްކުރަމެވެ. އަދި މިފަދަ އެއްވެސް ކަމެއް ފާހަގަކުރެވިއްޖެނަމަ އެ ކަމުގެ މައުލޫމާތު ވީ އެންމެ އަވަހަކަށް ފުލުހުންނަށް ހިއްސާކުރެއްވުމަށް ފުލުހުން އެދެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް