ދިރާގުގެ މަމެން ޑޭޓާ އެން އޮން އަށް ހާއްސަކޮށްގެން ޕްރޮމޯޝަނެއް ފަށައިފި އެވެ.
ދިރާގުން ބުނީ މި ޕްރޮމޯޝަން ކުރިޔަށް ދާނީ މިއަދުން ފެށިގެން އަންނަ މާޗު މަހުގެ20 ވަނަ ދުވަހުގެ ނިޔަލަށް ކަމަށެވެ. މި ޕްރޮމޯޝަނަކީ 15 ޕަސެންޓު ޑިސްކައުންޓް ލިބޭ ޕްރޮމޯޝަނެކެވެ.
ޑޭޓާ އެޑް-އޮން ނަގަން ބޭނުންވާ ކަސްޓަމަރުން މަމެން އެޕްލިކޭޝަން މެދުވެރިކޮށް "އެޑް-އޮންސް" ޓެބުން ލިބެން ހުންނަ އެޑް-އޮންތައް ބަލާލެވޭނެއެވެ. ޕެކޭޖްތަކުގެ އަދަދު ދައްކާފައިހުންނާނީ "އާރބީ" އިންނެވެ. އަދި ޕެކޭޖް ގަތުމާއެކު "އާރބީ"ގެ ބެލެންސުން ކެނޑިގެން ދާނެއެވެ. ހުރިހާ ކަސްޓަމަރުންވެސް އެޑްއޮން ގަތުމުގެ ކުރިން އެކައުންޓް ބެލެންސް ނުވަތަ ބާކީ ޗެކް ކުރުމަށް ދިރާގުން ވަނީ އިލްތިމާސް ކޮށްފައިއެވެ. އެގޮތުން އެކައުންޓްގެ ބާކީ ބެލުމަށް މަމެން މޮބައިލް އެޕް ނުވަތަ 727 އަށް އެސް.އެމް.އެސް ކޮށްގެން ނުވަރަ *142# އަށް ގުޅާލައިގެން ބަލާލެވޭނެއެވެ.
ދިރާގުންވަނީ ޙާއްސަ ޑޭޓާ އެޑްއޮން ޕެކޭޖްތައްކެއް މިދިޔަ އަހަރު ޑިސެމްބަރ މަހުގެތެރޭގައި ތައާރަފްކޮށްފައެވެ. މި އެޑް އޮން ތަކަކީ ޗެޓް، ސޯޝަލް މީޑިއާ އަދި ސްޓްރީމިންގ ގެ ބޭނުންތަކަށް ހާއްސަ ކޮށްގެން ފަރުމާ ކޮށްފައިވާ އެޑްއޮން ތަކެކެވެ. ކަސްޓަމަރުންނަށް 7 ދުވަހާއި 15 ދުވަހާއި އަދި 30 ދުވަހުގެ މުއްދަތު ހިމެނޭ އެޑް-އޮން ނެގޭނެއެވެ.
ދިރާގު މަމެން އަކީ ޒުވާނުންނަށް އަމާޒު ކޮށްގެން ތައާރަފުކުރި އެމީހަކު ބޭނުންވާ ގޮތަށް ޑޭޓާ، ވޮއިސް އަދި އެސްއެމްއެސް އަމިއްލައަށް ކަނޑައެޅޭގޮތަށް އުފެއްދި އިންގިލާބީ މޯބައިލް ޕްލޭނެކެވެ. މި މޮބައިލް ޕްލޭންއަކީ ޒުވާނުންގެ މެދުގައި ނުހަނު މަގުބޫލުކަން ހޯދައިފައިވައި އެޕެއްކަންވެސް ފާހަގަކޮށްލެވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް