ކޮރަޕްޝަން އިންޑެކްސްގައި ރާއްޖެއަށް ބޮޑު ކުރިއެރުމެއް، 14 ޕޮއިންޓް ކުރިއަށް، 55 ދަރަޖަ މައްޗަށް

ޓްރާންސްޕޭރެންސީ އިންޓަނޭޝަނަލުން ކޮންމެ އަހަރަކު ނެރޭ ކޮރަޕްޝަން ޕާސެޕްޝަން އިންޑެކްސްގައި ރާއްޖެއަށް ބޮޑު ކުރިއެރުމެއް ލިބިއްޖެއެވެ. ރާއްޖެއަށް މިއަހަރު ދީފައިވަނީ 43 ޕޮއިންޓްގެ ސްކޯއެކެވެ. ކުރީ އަހ...

28 Jan 2021 | 05:52

ޓްރާންސްޕޭރެންސީ އިންޓަނޭޝަނަލުން ކޮންމެ އަހަރަކު ނެރޭ ކޮރަޕްޝަން ޕާސެޕްޝަން އިންޑެކްސްގައި ރާއްޖެއަށް ބޮޑު ކުރިއެރުމެއް ލިބިއްޖެއެވެ.

ރާއްޖެއަށް މިއަހަރު ދީފައިވަނީ 43 ޕޮއިންޓްގެ ސްކޯއެކެވެ. ކުރީ އަހަރު މި ސްކޯ އުޅެނީ 29 ޕޮއިންޓްގައެވެ. އޭގެ ކުރީ އަހަރު 31 ގައެވެ.

2016 އިން ފެށިގެން ރާއްޖޭގެ ސްކޯ ދަށްވަމުން ދިއުމަށްފަހު މި އަހަރު ސްކޯއިން 14 ޕޮއިންޓްގެ ކުރިއެރުމެއް ލިބިފައިވާއިރު މިފަހަރު ދީފައިވާ ރޭންކަކީ 180/75 އެވެ. މިއީ ރޭންކުގެ ގޮތުންވެސް 55 ދަރަޖައިގެ ކުރިއެރުމެކެވެ.

[contentcards url="https://www.transparency.org/en/countries/maldives"]

މިވަރުގެ ބޮޑު ކުރިއެރުމެއް ކޮރަޕްޝަން އިންޑެކްސްގައި ރާއްޖެއަށް ލިބިފައިވާއިރު މިއީ 2016ގެ ފަހުން ކޮރަޕްޝަން އިންޑެކްސްގައި ރާއްޖެއަށް ބޮޑު ކުރިއެރުމެއް ލިބުނު ފުރަތަމަ ފަހަރެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް