ހަލްސޭ ފުރަތަމަ ދަރިފުޅަށް ބަނޑުބޮޑު. އެއީ 'ރެއިންބޯ ބޭބީ' އެއް

ލަވަކިޔުންތެރިޔާ ހަލްސޭ ބަނޑުބޮޑުކަން އިއްޔެ މީސް މީޑިޔާގައި ހާމަކޮށްފިއެވެ. ފުރަތަމަ ދަރިފުޅަށް ބަލިވެ އިން ޚަބަރު ދެމުން އޭނާ ވަނީ، ބޮޑުވަމުން އަންނަ ބަނޑުވެސް ދައްކާލާފައެވެ. ބަނޑުގައިވާ ދަރިފުޅަށް...

28 Jan 2021 | 05:41

ލަވަކިޔުންތެރިޔާ ހަލްސޭ ބަނޑުބޮޑުކަން އިއްޔެ މީސް މީޑިޔާގައި ހާމަކޮށްފިއެވެ. ފުރަތަމަ ދަރިފުޅަށް ބަލިވެ އިން ޚަބަރު ދެމުން އޭނާ ވަނީ، ބޮޑުވަމުން އަންނަ ބަނޑުވެސް ދައްކާލާފައެވެ.

ބަނޑުގައިވާ ދަރިފުޅަށް ނިސްބަތްކޮށް 'ރެއިންބޯ ބޭބީ' އެއް ކަމަށް އިންސްޓަގްރާމްގައި އޭނާ ބުނެފައިވެއެވެ. މި ބަސް ބޭނުން ކުރަނީ މީގެ ކުރިން ބަލިވެ އިނދެ، ބައިގެން ދިއުން ނުވަތަ އުފަން ނުވަނީސް ކުޑަ ދަރިފުޅު ނިޔާވުން ފަދަ ކަމެއް ކުރިމަތި ވުމަށް ފަހު، ދެން ލިބޭ ދަރިފުޅަށެވެ.

މީގެ ކުރިން ވެސް ހަލްސޭ ބަނޑުބޮޑު ވެފައި ވީ ނަމަވެސް، ކޮންސަރޓް އެއްގައި އުޅެނިކޮށް އެ ފަހަރު ބައިގެން ގޮސްފައި ވެއެވެ.

ފޭނުންނަށް ސަޕްރައިޒެއް ދެމުން އިންސްޓަގްރާމްގައި މި ޙަބަރު ހިއްސާކޮށްފައި ވެއެވެ. ނަމަވެސް ހަލްސޭ ބަނޑުބޮޑުކަން އެނގުމުން އޭނާގެ ސަޕޯޓަރުން ހައިރާން ވާނެއެވެ. ސަބަބަކީ ބަނޑު ބޮޑުވުމުގެ ކުރީގައި ހަލްސޭ މީހަކާ ރައްޓެހިވެގެން އުޅޭ ކަން އެނގިފައި ނުވާތީއެވެ.

ނަމަވެސް ބަނޑުބޮޑުކަން ހާމަކުރި އިންސްޓަގްރާމް ޕޯސްޓުގައި، ސްކްރީން ރައިޓަރ އަލިވް އައިޑިން ޓެގް ކޮށްފައި ވުުމުން، ކުއްޖާގެ ބައްޕައަކީ އެއީ ކަމަށް ލަފާކުރެވެއެވެ. ނަމަވެސް އެކަމަށް ފާޅުކަން ބޮޑު ގޮތެއްގައި އަލިވް އެއްޗެއް ބުނެފައެއް ނުވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް