މަޝްހޫރު ފިލްމީ ތަރި އަމިތާބް ބަޗަން އާ ފިލްމެއްގެ ޝޫޓިންގް ފަށައިފިއެވެ. މިއީ 'މޭޑޭ' ނަމަކަށް ކިޔާ ފިލްމެކެވެ.
އަޖޭ ދޭވަން ޑައިރެކްޓް ކުރާ މި ފިލްމުގެ ޝޫޓިންގް ފަށާފައި ވާ ކަން އަމިތާބް އިންސްޓަގްރާމްގައި ކޮށްފައިވާ ޕޯސްޓަކުން ވަނީ ކަށަވަރު ކޮށްދީފައެވެ.
ފިލްމީ ހަޔާތުގައި 52 އަހަރު އުޅިފައިވާ އަމީތާބް އަކީ މީހުންގެ ލޯބި ލިބިފައިވާ ހުނަރުވެރި ތަރިއެކެވެ. މިހާރުވެސް މީހުންނަށް އޭނާގެ ފިލްމުތައް ނުހަނު ކަމުދެއެވެ.
79 އަހަރުގެ އަމީތާބް އަށް މިހާރުވެސް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އެތައް ބައެއް ސަޕޯޓް ކުރެއެވެ. އެހެންކަމުން މިއީ އޭނާގެ ފޭނުންނަށް ލިބިގެންދާނެ އުފާވެރި ހަބަރެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް