ޓުޗެލްގެ ކޯޗުކަމުގައި ޗެލްސީ ކުޅުނު ފުރަތަމަ މެޗު އެއްވަރު ވެއްޖެ

ޗެލްސީގެ ކޯޗުކަމުގެ މަގާމާއި، ޕީއެސްޖީގެ ކުރީގެ ކޯޗު ތޯމަސް ޓުޗެލް ހަވާލުވި ފަހުން އެ ޓީމުން އިނގިރޭސި ޕްރިމިއަރ ލީގުގައި ކުޅުނު ފުރަތަމަ މެޗު އެއްވަރުވެގެން ނިމިއްޖެއެވެ. އަމިއްލަ ދަނޑުގައި ރޭ ވޮލްވް...

28 Jan 2021 | 04:45

ޗެލްސީގެ ކޯޗުކަމުގެ މަގާމާއި، ޕީއެސްޖީގެ ކުރީގެ ކޯޗު ތޯމަސް ޓުޗެލް ހަވާލުވި ފަހުން އެ ޓީމުން އިނގިރޭސި ޕްރިމިއަރ ލީގުގައި ކުޅުނު ފުރަތަމަ މެޗު އެއްވަރުވެގެން ނިމިއްޖެއެވެ.

އަމިއްލަ ދަނޑުގައި ރޭ ވޮލްވްސް އާ ދެކޮޅަށް ޗެލްސީން ކުޅުނު މެޗު ނިމުނީ 0-0 އިން އެއްވަރުވެގެންނެވެ.

ޗެލްސީގެ ކޯޗުކަމުގެ މަގާމުގައި ހުރި ފްރޭންކް ލަމްޕާޑް އެ މަގާމުން ވަކި ކުރުމަށްފަހު ކުރިން ޕީއެސްޖީއަށް އިރުޝާދުދިން ޓުޗެލް އާ މަގާމް ހަވާލުކޮށްފައިވަނީ މިހަފްތާގެ އަންގާރަ ދުވަހު އެވެ.

ޓުޗެލްގެ ކޯޗުކަމުގައި ރޭ ޗެލްސީން ކުޅުނު ފުރަތަމަ މެޗުގައި އެޓީމުން ރަނގަޅު ކުޅުމެއް ދެއްކިއިރު، ޗެލްސީން ވަނީ ރެކޯޑް އަދަދަކަށް ޕާސް ފުރިހަމަ ކޮށްފައެވެ. އެގޮތުން މުޅި މެޗުގައި ޗެލްސީން  ވަނީ 820 ޕާސް ފުރިހަމަކޮށްފައެވެ. އަދި 78.9 އިން ސައްތައިގައި ބޯލް ޕޮސެޝަން ހިފަހައްޓައި ރެކޯޑު ފޮތުން ޖާގަ ހޯދާފައެވެ. މިއީ މިފަދަ ޑޭޓާތައް ގަވައިދުން ރެކޯޑް ކުރަން ފެށި ފަހުން ޕްރިމިއަރ ލީގުގެ ކުލަބަކުން އާ ކޯޗުގެ ފުރަޔަމަ މެޗުގައި ބޯލް ޕޮސެޝަން ގެންގުޅެ ޕާސް ފުރިހަމަކުރި އެންމެ މަތީ އަދަދެވެ.

ރޭގެ ނަތީޖާ އާއެކު ޗެލްސީ މިވަގުތު އޮތީ ލީގުގެ އަށް ވަނައިގަ އެވެ. އެ ޓީމު އޮތީ ހަތަރު ވަނައިގައި އޮތް ވެސްޓް ހޭމް އަށްވުރެ ފަސް ޕޮއިންޓް ފަހަތުގަ އެވެ. ލީގުގައި ދެން ޗެލްސީ ކުޅެންޖެހޭ މެޗުގައި އަންނަ އާދީއްތަ ދުވަހު ބައްދަލުކުރާނީ ބާންލީ އާ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް