ކޯވިޑްގެ ހާލަތު ގޯސްވަނީ، ހޮސްޕިޓަލުގައި ފަރުވާ ދޭމީހުންގެ އަދަދު 100 އަށް

ރާއްޖޭގައި ކޯވިޑް-19 ޖެހިގެން ފަރުވާ ދެމުންދާ މީހުންގެ ތެރެއިން ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާ ދޭ މީހުންގެ އަދަދު އަނެއްކާވެސް 100 އަށް އަރައިފި އެވެ. ކޯވިޑްގައި ސިއްހީ މާހިރުންގެ އެންމެ ބޮޑު ...

28 Jan 2021 | 02:36

ރާއްޖޭގައި ކޯވިޑް-19 ޖެހިގެން ފަރުވާ ދެމުންދާ މީހުންގެ ތެރެއިން ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާ ދޭ މީހުންގެ އަދަދު އަނެއްކާވެސް 100 އަށް އަރައިފި އެވެ.

ކޯވިޑްގައި ސިއްހީ މާހިރުންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާ ދޭން ޖެހޭ މީހުންގެ އަދަދު އިތުރުވުމެވެ. އެއީ އާންމުންނަށް ވެކްސިން ދޭން ފެށުމުގެ ކުރިން ދެވޭނެ އިތުރު ފަރުވާއެއް ނެތުމުން މި ބަލީގައި މަރުވާ މީހުން އިތުރުވާނެތީ އެވެ.

އެޗްޕީއޭއިން ރޭ އެންމެ ފަހުން އާންމު ކުރި މައުލޫމާތުތަކުގައި ބުނެފައިވާ ގޮތުގައި މިވަގުތު ރާއްޖޭގައި ކޯވިޑް ޖެހިގެން 1،366 މީހަކަށް ދަނީ ފަރުވާ ދެމުންނެވެ. އޭގެ ތެރެއިން 101 މީހަކަށް ފަރުވާ ދެނީ ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެންނެވެ.

މި ބަލި ޖެހިގެން ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާ ދެނީ އުމުރުން ދުވަސްވީ މީހުންނަށާއި ބޮޑެތި ބަލިތަކަށް ފަރުވާ ހޯދާ މީހުންނަށެވެ. ކޯވިޑަކީ ނޭވާލާ ނިޒާމަށް ޖެހޭ ބައްޔެއް ކަމުން މިފަދަ ފަރާތްތަކުގެ ހާލު ކުއްލިއަކަށް ސީރިއަސްވުމުގެ ފުރުސަތު ބޮޑެވެ.

މިވަގުތު ހުރި އެކްޓިވް ކޭސްތަކުގެ ތެރެއިން 784 މީހުން ތިބީ މާލެ ސަރަހައްދުގައިއެވެ. ރިސޯޓުތަކުގައި 426 އެކްޓިވް ކޭސް ހުރި އިރު އަތޮޅުތެރޭގައި 149 އެކްޓިކް ކޭސް އެބަހުއްޓެވެ.

ކޯވިޑް ޖެހުނު މީހުންގެ ތެރެއިން މިހާތަނަށް ރަނގަޅުވެފައިވަނީ 13،966 މީހުންނެވެ. ބަލި ޖެހުނު 51 މީހަކު ވަނީ ރާއްޖެއިން މަރުވެފައި އެވެ.

މިހާތަނަށް ރާއްޖެއިން ކޯވިޑް ޖެހިފައިވަނީ 15،390 މީހުންނަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް