ހަނޑުލަކީ އަޅުގަނޑުމެންގެ ކޮންމެ ދުވަހަކުވެސް ކެއުމުގެ ބޮޑުބައެއް ހިއްސާކުރާ އެއްޗެކެވެ. ކޮންމެ ދުވަހަކުވެސް އަޅުގަނޑުމެންގެ ކެއުމުގެ 50 އިން ސައްތައަކީ ހަނޑުލޭ ބުނުމަކީ ދޮގަކަށް ނުވާނެއެވެ. އެގޮތުން ހަނޑުލާ ނުލައި އެންމެ ވަގުތެއްގެ ކޮއްތު ވެސް ފުރިހަމައެއް ނުވެއޭ ބުންޏަސް ރަނގަޅުވާނެ އެވެ.
ހަނޑުލަކީ އެންމެ އާންމު ކާނާ ކަމަށް ވިޔަސް އެއީ ހަށިގަނޑަށް އެހާ ރަނގަޅު އެއްޗަކަށް ނުވެ އެވެ. އަދި ހާއްސަކޮށް، ހުދު ހަނޑޫ ގިނައިން ބޭނުންކުރުމަކީ ހަކުރު ބައްޔަށް މަގު ފަހިކުރުވާ ކަމެއްކަމަށް ހޯދުންތަކުން ދައްކައެވެ. ޖޯޑެއްހާ ހަނޑޫ ކެއްކުމުން އޭގައި ގާތްގަނޑަކަށް 200 ކެލަރީސް ހުރެ އެވެ. މީގައި ހުންނަ ކާބޯހައިޑްރޭޓްސް ހަށިގަނޑުގެ ތެރޭގައި ހަކުރަށް ބަދަލުވެ ފެޓް އުފައްދަ އެވެ. ހަނޑުލަކީ ހަށިގަނޑަށް އެހާ ރަނގަޅު އެއްޗަކަށް ނުވަނީ މި ސަބަބާ ހެދި އެވެ.
ކަން މިހެން ހުރިނަމަވެސް ހަނޑުލުގެ ކެލަރީ ދަށްކޮށްލާނެ ފަސޭހަ ގޮތެއް ސައިންސްވެރިން ވަނީ މިހާރު ހޯދައިފަ އެވެ. އެގޮތުން ހަނޑުލުގެ ކެލަރީސް 50 ޕަސެންޓް ދަށްކޮށްލެވޭނެ އަދި އެއާ އެކު ސިއްހީ އިތުރު ފައިދާތަކެއް ވެސް ލިބޭނެ ގޮތެއް ސައިންސުވެރިން ވަނީ ހޯދައިފަ އެވެ.
ކާބޯހައިޑްރޭޓްސްގެ މާއްދާ ކަމަށްވާ ސްޓާޗްގެ ދެ ބާވަތެއް ހަނޑުލުގައި ހުރެ އެވެ. އެއީ ހަޖަމުވާ ބާވަތަކާއި ހަޖަމު ނުވާ ބާވަތެކެވެ. ހަޖަމު ނުވާ ބާވަތް ކުޑަ ގޮހޮރުގެ ތެރޭގައި ނެތިގެން ނުގޮސް ހުރެ އެވެ. އެހެންވެ އެ ސްޓާޗްގައި ހުންނަ ކާބޯހައިޑްރޭޓްސް އާއި އެއިން އުފެދޭ ހަކުރު ހަށިގަނޑުގެ ތެރެއަކަށް ނުދެ އެވެ. ސައިންސްވެރިން ދެނެގެންފައި ވަނީ ހަޖަމުގެ ހަށިގަނޑަށް ދަމައިގަންނަ ސްޓާޗް ހަޖަމު ނުވާނެ ގޮތެކެވެ.
އަހަރެމެންގެ ކެއުމުގައި ހަނޑޫ މުހިންމުވެފައި އަދި އޭގެ ސިއްހީ ފައިދާތަކަށް ވުރެ ނުރައްކާ ބޮޑުވުމުން މިއީ ވިސްނާލަންޖެހޭ ކަމެއްކަމަށް ހޯދުންތަކުން ދައްކައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް