އައްޑޫ ސިޓީގައި ހިނގި އެކްސިޑެންޓެއްގައި އަނިޔާވި މީހަކަށް ފަރުވާދެމުން ދަނިކޮށް މަރުވެއްޖެ އެވެ.
މިއަދު މެންދުރު މަރަދޫ ފޭދޫ ބޮޑު މަގުގައި ހިނގި އެ އެކްސިޑެންޓުގައި މަރުވެފައިވަނީ ސައިކަލް ދުއްވަން އިން މީހާ އެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި މަރުވެފައިވަނީ އުމުރުން 34 އަހަރުގެ ފިރިހެެކެވެ.
އެމީހާ މަރުވެފައިވަނީ ލިބުނު އަނިޔާތަކަށް ފަރުވާ ދިނުމަށް ހިތަދޫ ރީޖަނަލް ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުންދަނިކޮށެވެ. އެ ހޮސްޕިޓަލުގެ އޮފިޝަލަކު ވިދާޅުވީ އެމީހާގެ މެއަށް ގެއްލުންތަކެއް ލިބިފައިވާ ކަމަށެވެ. އެކަމަކު ބޭރު ފުށުން އެއްވެސް ގެއްލުމެއް ފެންނަށް ނެތްކަމަށެވެ.
ފުލުހުން ބުނީ އެކްސިޑެންޓު ހިނގާފައިވަނީ ބާރު ސްޕީޑުގައި ދުއްވި ސައިކަލު ކޮންޓްރޯލްނުވެ ގޮސް މަރަދޫ ފޭދޫ ދަނޑު ކައިރީ ހުރި ހޮޅިދަނޑިއެއްގައި ޖެހުމުންނެވެ. އަދި އެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް