ސާފުތާހިރުވާން އަބަދު ފެންވަރާކަށް ނުވާނެ!

ކޮންމެ މީހަކަށްވެސް ހީވެފައި އޮންނަނީ ދުވާލަކު ދެ ފަހަރު ފެންވަރާއި ދެފަހަރު ދަތް އުނގުޅުމަކީ ސާފުތާހިރުކަންމަތީ ދެމިހުންނަށް ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށެވެ. އެގޮތަށް އެކަން ނުކޮށްފިނަމަ ބައެއް...

28 Jan 2017 | 04:01

ކޮންމެ މީހަކަށްވެސް ހީވެފައި އޮންނަނީ ދުވާލަކު ދެ ފަހަރު ފެންވަރާއި ދެފަހަރު ދަތް އުނގުޅުމަކީ ސާފުތާހިރުކަންމަތީ ދެމިހުންނަށް ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށެވެ. އެގޮތަށް އެކަން ނުކޮށްފިނަމަ ބައެއް ގާތް މީހުންގެ މަލާމާތްވެސް ރައްދުވާތަން އާދެ އެވެ.

އެމެރިކާގެ ޔުނިވާސިޓީ އޮފް އުޓާހުގެ ޖެނެޓިކް ސައިންސް  ސެންޓަރުން ކުރި ދިރާސާއެއްގައި ބުނެފައިވަނީ ކޮންމެ ދުވަހަކު ގަވައިދުން ފެންވަރާ މަ ސާފުތާހިރުވާނަމަ ހަށިގަނޑަށް ބޭނުންވާ ބެކްޓީރިއާއި ފަންގަސް ފަދަ އެއްޗެހި ރައްކާ ކުރާ ގުނަވަނުގެ ބާރު ދެރަވެ، އާންމުކޮށް ޖެހޭ ކުދި ބަލިތައް ޖެހުން އިތުރުވާނެ ކަމަށެވެ. އޭގެ ތެރޭގައި ރޯގާ އާއި ހުން އައުމާއި ތަފާތު އިންފެކްޝަންތައް ޖެހުން އިތުރުވާނެ ކަމަށްވެ އެވެ.

އަދި އަބަދު ފެންވަރާ ސާފުތާހިރު ވުމުގެ ސަބަބުން ހަޖަމު ކުރުމުގެ ބައިގެ އިތުރުން ހިތުގެ މައްސަލަތައް ޖެހުންވެސް އިތުރުވާނެ ކަމަށް އެ ދިރާސާގައި ބުނެފައިވެ އެވެ. މި ދިރާސާ ކުރުމަށް އެ ޔުނިވާސިޓީގެ ޓިމުން ވަނީ އެމެރިކާގެ އަވަށެއްގެ ބަޔަކު ބައިވެރިކޮށްފައި އެވެ. މާބޮޑު ސާފުތާހިރުކަމެއް ނެތް އެ މީހުންގެ ހަށިގަނޑުގެ ގުނަވަންތަން ވަރަށް ބަރާބަރަށް މަސައްކަތް ކޮށް ބަލި ޖެހުން ވަރަށް މަދު ކަމަށް ދިރާސާގައި ފާހަގަވި ކަމަށް އެ ޓީމުން ބުނެފައިވެ އެވެ.

އެންމެ މަދުން ފެންވަރަންވީ ދުވާލަކު ކިތައް ފަހަރު ކަމެއް އެމީހުން ހާމަކޮށްފައެއް ނުވެ އެވެ. އިތުރަށް އެމީހުން ބުނެފައިވަނީ ޝޭމްޕޫ އާއި ސައިބޯނި އަދި ރީތިވުމަށް ބޭނުން ކުރާ ސާމާނުގެ ސަބަބުންވެސް ހަންގަނޑަށް ގެއްލުންވެ ކުރަކިވާނެ ކަމަށެވެ.

މި ދިރާސާ، ރިޕޯޓު ކޮށްފައިވާ ނޫސްތަކުން ވަނީ މިފަދަ ދިރާސާތައް ގަބޫލު ކުރަން ދަތި ނަމަވެސް މިކަންކަމާއި މެދު އާންމުން ވިސްނާ އިތުރަށް ބަލަންޖެހޭ ކަމަށް ބުނެފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް