ރަކީދޫގައި "މަރާލި" ކުއްޖާގެ ހަށިގަނޑު މާލެ ގެންނަނީ

އަނިޔާކޮށްގެން ރަކީދޫގައި މިއަދު މަރުވި ދެ އަހަރުގެ މުހައްމަދު އިބްތިހާލުގެ ހަށިގަނޑު މާލެ ފޮނުވާލައިފި އެވެ. ދުވަހަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ ކުއްޖާގެ ހަށިގަނޑު މ...

28 Jan 2015 | 14:08

އަނިޔާކޮށްގެން ރަކީދޫގައި މިއަދު މަރުވި ދެ އަހަރުގެ މުހައްމަދު އިބްތިހާލުގެ ހަށިގަނޑު މާލެ ފޮނުވާލައިފި އެވެ.

ދުވަހަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ ކުއްޖާގެ ހަށިގަނޑު މާލެ ގެންނަ ކަމަށާއި ނަމަވެސް އިތުރު ތަފްސީލް ދެވެން ނެތް ކަމަށެވެ. ރަށު ކައުންސިލް މެމްބަރު އަބްދުﷲ ރަޝީދު "ދުވަހަށް" ވިދާޅުވީ ކުއްޖާގެ ހަށިގަނޑު ހިފައިގެން ފުލުހުންގެ ލޯންޗެއް މިއަދު 5:45 ހާއިރު މާލެ ފުރާފައިވާކަމަށާއި ހަށިގަނޑު މާލެ ގެންދަނީ އިތުރަށް ތަހުގީގު ކުރުމަށްކަމަށްފުލުހުން ބުނި ކަމަށެވެ.

ދެ އަހަރުގެ މުހައްމަދު އިބްތިހާލް މަރުވެފައި އޮއްވައި ފެނުނީ ރަކީދޫ މެރިން ކޯނާގެ ސިޓިންރޫމް ތެރޭގައި އޮއްވަ އެވެ. އޭރު ކުއްޖާގެ ކުރިމަތީ ފަރާތާއި ކަންފަތްމަތީގައި ބޮޑެތި ޒަހަމްތައް ހުއްޓެވެ. މި ކުއްޖާ އަކީ މަންމަގެ ފަރާތުން މީގެ ކުރިން ވެސް ބޮޑެތި އަނިޔާތައް ލިބިފައިވާ ކުއްޖެއް ކަމަށްވާއިރު އެ މައްސަލަ ޖެންޑާ މިނިސްޓްރީ އާއި ފުލުހުން ކުރިން ބަލާފައި ވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް