ހަތަރު އަހަރުގެ ކުއްޖަކަށް އަނިޔާކުރި މަންމައަކު ހައްޔަރުކޮށްފި

ބ.އޭދަފުށީގައި ހަތަރު އަހަރުގެ ކުޑަކުއްޖަކަށް އަނިޔާކުރި ކަމުގެ ތުހުމަތުގައި އެ ކުއްޖާގެ މަންމަ ހައްޔަރުކޮށްފި އެވެ. ފުލުހުންގެ މީޑިއ އޮފިޝަލް ވިދާޅުވީ ބ. އަތޮޅު ފެމިލީ އެންޑް ޗިލްޑްރެންސް ސާވިސް ސެން...

28 Jan 2015 | 13:06

ބ.އޭދަފުށީގައި ހަތަރު އަހަރުގެ ކުޑަކުއްޖަކަށް އަނިޔާކުރި ކަމުގެ ތުހުމަތުގައި އެ ކުއްޖާގެ މަންމަ ހައްޔަރުކޮށްފި އެވެ.

ފުލުހުންގެ މީޑިއ އޮފިޝަލް ވިދާޅުވީ ބ. އަތޮޅު ފެމިލީ އެންޑް ޗިލްޑްރެންސް ސާވިސް ސެންޓަރުން ހުށަހެޅި މައްސަލައަކާ ގުޅިގެން ރޭގެ ވަގުތެއްގައި އުމުރުން 27 އަހަރުގެ އަންހެނަކު ބ. އޭދަފުށިން ހައްޔަރުކޮށްފައިވާ ކަމަށެވެ.

އަދި ހައްޔަރުކުރި އެ މަންމަގެ ބަންދަށް އެ ރަށު ކޯޓުން ހަތަރު ދުވަހުގެ މުއްދަތެއް ޖަހައިދީފައިވާ ކަމަށް ވެސް އޮފިޝަލު ވިދާޅުވި އެވެ.

ހަތަރު އަހަރުގެ ކުއްޖަކަށް އަނިޔާކުރި މަންމައަކު ހައްޔަރުކޮށްފައިވާއިރު ޒަހަމް ތަކަކާއެކު އުމުރުން ދެ އަހަރުގެ ކުއްޖަކު ވ. ރަކީދޫގައި މިއަދު ވަނީ މަރުވެފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް