ނާޒިމްގެ ވަކީލުކަން އާޒިމާ ދޫކުރައްވައިފި

ތުހުމަތު ތަކަކާއެކު މަގާމުން ވަކި ކުރައްވާފައިވާ ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް ރިޓަޔަޑް މުހައްމަދު ނާޒިމްގެ ގާނޫނީ ވަކީލުކަން، ކުރީގެ ބަންޑާރަ ނައިބު އާއިޝަތު އާޒިމާ ޝަކޫރު ދޫކުރައްވައިފި އެވެ. ނާ...

28 Jan 2015 | 12:36

ތުހުމަތު ތަކަކާއެކު މަގާމުން ވަކި ކުރައްވާފައިވާ ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް ރިޓަޔަޑް މުހައްމަދު ނާޒިމްގެ ގާނޫނީ ވަކީލުކަން، ކުރީގެ ބަންޑާރަ ނައިބު އާއިޝަތު އާޒިމާ ޝަކޫރު ދޫކުރައްވައިފި އެވެ.

ނާޒިމްގެ ވަކީލުކަން އާޒިމާ ދޫކުރައްވާފައިވާކަން އާންމުކުރީ އާޒިމާގެ ލޯފާމުން މިއަދު ނެރުނު ބަޔާނެއްގަ އެވެ.

އެވަންޓް ގާޑު ލޯފާމުގެ ބަޔާނުގައި ބުނެފައިވަނީ އަމިއްލަ ސަބަބުތަކަށްޓަކައި ނާޒިމްގެ ގާޏޫނީ ވަކީލުކަން ދޫކޮށްލިކަން އެންމެހާ ފަރާތްތަކުގެ މައުލޫމާތަށްޓަކައި ދަންނަވާ ކަމަށެވެ.

އެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ މީގެފަހުން ނާޒިމްގެ ގާނޫނީ ވަކީލެއްގެ ގޮތުގައި މަސައްކަތް ކުރައްވާނީ ޕްރިމިއަމް ޗެމްބާސްގެ ގާނޫނީ ވަކީލު މައުމޫން ހަމީދު ކަމަށެވެ.

މިމަހުގެ 17 ވަނަ ދުވަހުގެރޭ ނާޒިމްގެ އަނބިކަނބަލުންގެ ގެ، ގ.އެނިފް އަށް ފުލުހުން ވަދެ ބަލާ ފާސްކޮށްފައިވާއިރު ފުލުހުން ބުނެފައިވަނީ އެ ގެއިން ހަތިޔާރު ފެނިފައިވާކަމަށާއި އެކަން ތަހުގީގު ކުރަމުން އަންނަ ކަމަށެވެ. އެ މައްސަލަ ފުލުހުން ބަލަމުން އަންނައިރު ރޭ، އިމިގްރޭޝަނުން ވަނީ ނާޒިމްގެ ޕާސްޕޯޓްވެސް ހިފަހައްޓާފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް