ކޯޓަށް ހާޒިރު ކުރުމަށް ހޯދަމުންދިޔަ މީހަކު މަސްތުވާތަކެއްޗާއެކު ހައްޔަރުކޮށްފި

ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ޑްރަގް ކޯޓުން ކޮށްފައިވާ އަމުރަކާއި ގުޅިގެން ހޯދަމުންދިޔަ މީހަކު މަސްތުވާތަކެއްޗާއެކު ހައްޔަރުކޮށްފިއެވެ. ފުލުހުން ބުނީ މި މައްސ...

28 Jan 2015 | 05:28

ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ޑްރަގް ކޯޓުން ކޮށްފައިވާ އަމުރަކާއި ގުޅިގެން ހޯދަމުންދިޔަ މީހަކު މަސްތުވާތަކެއްޗާއެކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ 33 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ މާފަންނު ޕޮލިސް ސްޓޭޝަނުގައި މަސައްކަތްކުރާ ފުލުހުން މާލެ ތެރެ ޕެޓްރޯލްކުރަމުންދަނިކޮށް އޭނާގެ ޢަމަލުތައް ހުރިގޮތުން ތުހުމަތުކުރެވިގެން މި ޖެނުއަރީ މަހުގެ 27 ވަނަ ދުވަހުގެ 11:30 ހާއިރު އެލްސިއޯން ބޭކަރީ ކައިރިން ކަމަށެވެ.

އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ބަލައިފާސްކުރި އޭނާ ލައިގެންހުރި ޖިންސްގެ ޖީބުން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 2 ރަބަރު ޕެކެޓް ފެނިފައިވާ ކަމަށާއި މި މީހާއަކީ މަސްތުވާތަކެތީގެ މައްސަލަތަކުގެ ރެކޯޑްސް އޮންނަ މީހެއް ކަމަށް ފުލުހުން ބުނެއެވެ.

އަދި އޭނާއަކީ ޑްރަގް ކޯޓުން ބަލަމުންދާ މައްސަލައަކާއި ގުޅިގެން ފުލުހުންގެ ބަންދުގައި ކޯޓަށް ހާޒިރުކޮށްދިނުމަށް އެކޯޓުން އަމުރު ކުރުމާއި ގުޅިގެން ހޯދަމުންދާ މީހެއް ކަމަށާއި މަސްތުވާތަކެތީގެ މައްސަލަ ޑްރަގް އެންފޯސްމަންޓު ޑިޕާޓްމަންޓުން ތަހުގީގު ކުރަމުން އަންނަ ކަމަށްވެސް ފުލުހުން ބުނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް