އާރްޑީސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު މޫސާ އަލިމަނިކު (މޫކޭ) އާއި ގުޅުންހުރި ތަނަކަށާއި އާރްޑީސީގެ ކުރީގެ ސީއެފްއޯ ޔާސިރް ހުސެއިން އާއި ގުޅުންހުރި ދެތަނަކަށް ފުލުހުން މިރޭ ވަދެއްޖެއެވެ.
ދުވަހަށް އެނގިފައިވާގޮތުގައި އެއް ވަގުތެއްގައި މިރޭ ވަދެފައިވަނީ މޫކޭ ދިރިއުޅޭ ގެ ކަމުގައިވާ ގ. ދިލްކަޝް ގޭގެ އަށްވަނަ ފަންގިފިލާއަށާއި ވިނަރެސް އެއްވަނަ ޓަވަރުގެ އެޕާޓްމަންޓަކަށާއި އަދި ހުޅުމާލެ ގެއަކަށެވެ.
އެ ތިންތަނަށްވެސް ފުލުހުން ވަދެފައިވަނީ މިރޭ 01:30 އާއި 02:00 އާއި ދެމެދުގެ ވަގުތެއްގައެވެ. ތިން ތަންވެސް ބަލާ ފާސްކުރީ ކޯޓު އަމުރެއްގެ ދަށުންކަންވެސް އެނގިފައިވެއެވެ.
މައުލޫމާތު ލިބިފައިވާގޮތުގައި އެ ތިން ތަން ރެއިޑްކޮށްފައިވަނީ އާރްޑީސީއާއި ގުޅުންހުރި، އަހަރަކަށްވުރެ ގިނަ ދުވަސްވެފައިވާ މައްސަލައެއްގައެވެ. އެ މައްސަލައަކީ އާރްޑީސީގެ އެކައުންޓްތަކުން އާންމުންގެ އެކައުންޓްތަކަކަށް ފައިސާ ޖަމާކުރި މައްސަލައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް