އިލެކްޝަންސް ކޮމިޝަނުން 10 ފެބްރުއަރީ 2024 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް އިއުލާންކޮށްފައިވާ ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ބައި-އިލެކްޝަންގެ ޕްރައިމަރީގައި ވާދަކުރުމަށް ދަ ޑިމޮކްރެޓްސް އިން ހުޅުވާލައިފިއެވެ.
ދަ ޑިމޮކްރެޓްސްގެ ފަރާތުން ޕްރައިމަރީއަށް ހުޅުވާލެވޭ ދާއިރާތަކާއި އަދި އިންތިހާބު ކުރާނެ އަދަދުތަކަކީ:
- ކ.އަތޮޅުގެ ކައުންސިލްގެ ރައީސް (1)
- ފ.އަތޮޅުގެ ކައުންސިލްގެ ރައީސް (1)
- ވ.ފެލިދޫ ކައުންސިލްގެ ރައީސް (1)
- ށ.މަރޮށީ ކައުންސިލްގެ މެމްބަރު (1)
- ގދ.ފަރެސްމާތޮޑާ ކައުންސިލްގެ މެމްބަރު (1)
- ރ.ރަސްގެތީމު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެމްބަރު (1)
- ބ.ކެންދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެމްބަރު (1)
- އއ.ތޮއްޑޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެމްބަރު (1)
- ވ.ތިނަދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެމްބަރު (5)
- މ.ރަތްމަންދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެމްބަރު (1)
- ފ.ބިލެތްދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެމްބަރު (1)
ދަ ޑިމޮކްރެޓްސް އިން ބުނީ މި ޕްރައިމަރީއަށް ކުރިމަތިލުމަށް އެދޭ ޕާޓީ މެމްބަރުން އެ ޕާޓީގެ ވެބްސައިޓުގައި ޝާއިއުކޮށްފައިވާ ފޯމު މެދުވެރިކޮށް ޕާސްޕޯޓް ސައިޒް ފޮޓޯއަކާއި، އައިޑީ ކާޑުގެ ސާފު ކޮޕީއަކާއި، ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ސާފުކޮށްފައިވާ ކުށާއި ދަރަނީގެ ރިކޯޑު ފޯމާއި އަދި މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އިން ސާފުކޮށްފައިވާ ޖިނާއީ ކުށްތަކާ ގުޅޭ ރިކޯޑު ފޯމާއެކު 4 ޖެނުއަރީ 2024 ގެ ކުރިން ހުށަހަޅަން ޖެހޭނެ ކަމަށެވެ.
ދަ ޑިމޮކްރެޓްސް އިން ބުނީ މި ބައި-އިލެކްޝަންގައި އެ ޕާޓީގެ ފަރާތުން ވާދަކުރުމަށް އެދި އެންމެ މެމްބަރަކު ކުރިމަތިލާ ދާއިރާތަކުގައި ޕްރައިމަރީއަކާއި ނުލާ އެ މެމްބަރަކަށް ޕާޓީގެ ޓިކެޓު ހަވާލުކުރެވޭނެ ކަމަށެވެ. އަދި އެއް މެމްބަރަށް ވުރެ ގިނަ މެމްބަރުން ކުރިމަތިލާ ދާއިރާތަކުގައި ބޭއްވޭ ޕްރައިމަރީ އޮންނާނީ 6 ޖެނުއަރީ 2023 ވާ ހޮނިހިރު ދުވަހުގެ ހެނދުނު 9:00 އިން 16:00 އަށް ކަމަށް އެ ޕާޓީ އިން މައުލޫމާތުދެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް