ފިޝަރީޒް ކޮލެޖް ޤާއިމްކުރުމަށް އެއްބަސްވުމުގައި ސޮއިކޮށްފި

ފިޝަރީޒް ކޮލެޖް ޤާއިމްކުރުމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވުޒާރާއާއި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ(އެމްއެންޔޫ) އާ ދެމެދު އެއްބަސްވުމުގައި ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގައި ވުޒާރާ...

27 Dec 2023 | 10:00

ފިޝަރީޒް ކޮލެޖް ޤާއިމްކުރުމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވުޒާރާއާއި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ(އެމްއެންޔޫ) އާ ދެމެދު އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގައި ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު އަޙްމަދު ޝިޔާމް އެވެ. އަދި އެމްއެންޔޫގެ ފަރާތުން ސޮއިކުރެއްވީ ވައިސް ޗާންސެލަރ ޑރ.ޝެހެނާޒް އާދަމް އެވެ.

މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވުޒާރާއިން ބުނީ މި މަޝްރޫޢު ކުރިއަށްގެންދަނީ ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ޤާނޫނު 2019/14 ގެ 11 ވަނަ މާއްދާ މަސްވެރިކަމާގުޅޭ ތަޢުލީމާއި ތަމްރީނު ހޯދައިދިނުމުގެ ދަށުން ކަމަށެވެ.

2023 ވަނަ އަހަރުގެ މަސްވެރިންގެ ދުވަހު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވަނީ މަސްވެރިކަމުގެ ކޮލެޖު އުފެއްދުމުގެ މަސައްކަތް ކުރައްވާނެ ކަމަށް އިއުލާންކުރައްވާފައެވެ.

ހަފްތާ 14 ގައި މަސްވެރިންނާ ގުޅުން ހުރި މުހިންމު ވައުދުތަކެއް ހިމެނޭއިރު، މަސްދޯނި ފަހަރަށް އަމާޒުކޮށް ރެސްކިއު ޑައިވަރުން ތަމްރީނު ކުރުމުގެ ޕްރޮގްރާމެއް ހިންގުމަށްވެސް ވަޒީރުންގެ މަޖިލީހުން ވަނީ ފާސްކޮށްފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް