ކަނޑުތައް ވަރަށް ގަދަވާނެކަމަށް ލަފާކޮށް ރާއްޖޭގެ ތިން އަތޮޅަކަށް ރީނދޫ ސަމާލު ނެރެފިއެވެ.
ރީނދޫ މި ސަމާލު ނެރެފައިވަނީ ބ. އަތޮޅުން ފެށިގެން ކ. އަތޮޅާއި ދެމެދުގެ ރަށްތަކަށެވެ.
މިއަދު ހެނދުނު މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (މެޓް) އިން ނެރެފައިވާ އެ ސަމާލުގައި ބުނެފައިވަނީ މިއަދު ހެނދުނު 08:00 އިން މެންދުރު 01:00 އާއި ދެމެދުގެ ވަގުތުގައި ބ. އަތޮޅާއި ކ. އަތޮޅާއި ދެމެދުގެ ސަރަހައްދުގައި ގަޑިއަކު 25 މޭލާއި 30 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހި، ކަނޑުތައް ވަރަށް ގަދަވާނެކަމަށް ލަފާކުރެވޭކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް