އދ ގެ ސަމާލުކަށް އައި ރޮހިންޔާ ރެފިޖީންގެ އުޅަނދު އަޑިއަށް ގޮސް 180 އެއްހާ މީހުން މަރުވެފައި ތިބެދާނެކަމަށް ބުނާ ޙަބަރުތަކެއް

ބަންގްލަދޭޝްގެ ރެފިއުޖީ ކޭމްޕުތަކުން މެލޭޝިއާއަށް ދަތުރުކުރި ރޮހިންޔާ ރެފިއުޖީންގެ ބޯޓު އަޑިއަށް ގޮސްފައިވާކަމުގެ ހީތަކެއް ކުރެވޭ ކަމަށް އދ އިން ހާމަކޮށްފިއެވެ. މި ބޯޓުގެމައުލޫމާތު ލިބިގެން މީގެ ހަފްތ...

27 Dec 2022 | 17:31

ބަންގްލަދޭޝްގެ ރެފިއުޖީ ކޭމްޕުތަކުން މެލޭޝިއާއަށް ދަތުރުކުރި ރޮހިންޔާ ރެފިއުޖީންގެ ބޯޓު އަޑިއަށް ގޮސްފައިވާކަމުގެ ހީތަކެއް ކުރެވޭ ކަމަށް އދ އިން ހާމަކޮށްފިއެވެ.

މި ބޯޓުގެމައުލޫމާތު ލިބިގެން މީގެ ހަފްތާއެއް ކުރިން އދ އިން ވަނީ އެމީހުންނަށް އެހީތެރިކަން ފޯރުކޮށްދީ ސަލާމަތުގެ އައްސޭރިއަށް ގެންދިއުމަށް މަސައްކަތް ފެށިކަން ހާމަކޮށްފައިވެއެވެ.

އަންޑަމަން ކަނޑުގައި އެ ބޯޓު ގެއްލުނު ޙަބަރާއެކު 180 އެއްހާ މީހުން މަރުވެފައިވާނެކަމުގެ ބިރު އޮތްކަމުގައި އދ އިން ފާހަގަކުރެއެވެ.

އަޑިޔަށް ގޮސްފައިވާ ކަމަށް ބުނެވޭ އެ ބޯޓުގައި ސަލާމަތަށް މެލޭޝިއާއަށް ދަތުރުކުރެވޭތޯ މަސައްކަތްކުރި ފަރާތްތަކަށް ސެޓެލައިޓް މެދުވެރިކޮށް މިހާރު އެ ބޯޓާ މުއާމަލާތު ނުކުރެވޭ ކަމަށް ބަނގްލަދޭޝްގައި ތިބި އެފަރާތްތަކާ ތިމާގެ މީހުން ބުނެފައިވާކަމަށް ދަ ގާރޑިއަންގެ ޙަބަރުގައިވެއެވެ.

މިޔަންމަރގެ ބުދު ދީނަށް އަޅުކަންކުރާ ފަރާތްތަކުން އެޤައުމުގެ ރޮހިންޔާ ދަރިކޮޅުގެ މުސްލިމުންނަށް ކުރަމުން އަންނަ ލާއިންސާނީ އަމަލުތަކާއި މީހުން މެރުމުން ސަލާމަތްވުމަށް މިލިއަނެއްހާ މުސްލިމުން ހިޖުރަކޮށް ދިރި އުޅެމުންދަނީ ބަންގްލަދޭޝްގެ ކޮކްސް ބަޒާރުގެ ކޭމްޕުތަކުގައެވެ. ކޮކްސް  ބާޒާރަކީ ބަންގްލަދޭޝްގެ ދެކުނު އިރުމަތީގެ ކޯސްޓްގައި ސަރަހައްދެކެވެ. އަދި މި ކޭމްޕްތަކުގެ ދަތި ހާލުން ސަލާމަތްވުމަށްޓަކައި ހަމަޖެހުމުގެ ދިރިއުޅުމެއް އުޅުމުގެ އުއްމީދުގައި މަންޒިލަށް ފޯރާނެ ކަމުގެ ޔަގީންކަމެއް ނެތް ހާލު އެތައް ސަތޭކަ ރެފިއުޖީންނެއް މިފަދަ ނުރައްކާތެރި ދަތުރުތަކެއް ކުރެއެވެ.

އދ އިން އަންދާޒާކުރާ ގޮތައް މި ހާދިސާ  ޔަގީންވެއްޖެނަމަ ކަނޑުމަތީގައި ހާލުގަ ޖެހިގެން 2022 ވަނަ އަހަރު ނިޔާވި މީހުންގެ އަދަދު 400 އާ ގާތް ކުރާނެކަމަށް ޙަބަރުތަކުން ބުނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް