މި އަހަރުގެ ޖުލައި މަހުގެ ނިޔަލަށް އިންޑިއާގައި 1100 އަށްވުރެ ގިނަ އަންހެނުން ރޭޕްކޮށްފައިވޭ

އިންޑިއާ އަކީ ދުނިޔޭގައި އެންމެ ކުށްކުރުން ގިނަ އެއްގައުމޭ ބުނެވިދާނެއެވެ. އެގޮތުން ކޮންމެ އަހަރަކު ވެސް ރެކޯޑް އަދަދަކަށް އިންޑިއާގައި އަންހެނުން ރޭޕް ކުރުމާއި ރަހީނުކުރުން އިތުރުކަމަށް ރިޕޯޓުކުރެވިފ...

27 Dec 2022 | 14:56

އިންޑިއާ އަކީ ދުނިޔޭގައި އެންމެ ކުށްކުރުން ގިނަ އެއްގައުމޭ ބުނެވިދާނެއެވެ. އެގޮތުން ކޮންމެ އަހަރަކު ވެސް ރެކޯޑް އަދަދަކަށް އިންޑިއާގައި އަންހެނުން ރޭޕް ކުރުމާއި ރަހީނުކުރުން އިތުރުކަމަށް ރިޕޯޓުކުރެވިފައިވެއެވެ.

އިންޑިއާގެ ވެރިރަށް ދިއްލީ ޕޮލިހުން އެކުލަވާލި ތަފާސް ހިސާބުތަކަށް ބަލާއިރު، މި އަހަރު ޖުލައި މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް 1،100 އަންހެނުން ރޭޕްކޮށްފައިވެއެވެ. 2021 ވަނަ އަހަރު ހަމަ އެ މުއްދަތާ ހަމައަށް 1،033 އަންހެނުން ރޭޕް ކުރިކަމަށް ރިޕޯޓުކުރެވިފައިވާއިރު، މިއީ މިދިޔަ އަހަރާއި އަލާބަލާއިރު 67 މީހުން އިތުރު އަދަދެކެވެ. އެހެން ކަމުން މިއަހަރުގެ ތަފާސްހިސާބުތަކާއި 2021 ވަނަ އަހަރުގެ ތަފާސްހިސާބުތަކާ އަޅާބަލާއިރު އަންހެނުން ރޭޕް ކުރުން 6.48 އިންސައްތަ ވަނީ އިތުރުވެފައެވެ.

ދިއްލީ ޕޮލިހުންގެ އިސް އޮފިޝަލުން އަންހެނުންގެ ސަލާމަތީ ކަންކަމަށް އިސްކަން ދީ އެކަންކަން ހުއްޓުވުމަށް ހަށުކަށި ފިޔަވަޅުތައް ވެސް އަޅަމުން އަންނަ ކަމަށް ތަކުރާރުކޮށް ބުނަމުން އައި ނަމަވެސް އެ އަދަދުތައް ދަނީ ދުވަހެއް ދުވަހަކަށް އިތުރުވަމުންނެވެ.

ނިއުދިއްލީ ޕޮލިހުން އާންމުކުރި ތަފާސްހިސާބުތަކަށް ބަލާއިރު، މި އަހަރުގެ މިހާތަނަށް އަންހެނުންނާއި ގުޅޭ އެކި މައްސަލަތަކުގެ 1،480 މައްސަލަ އެއް ރަޖިސްޓްރީކުރެވިފައިވެއެވެ. އަދި 2197 އަންހެނުން ރަހީނުކޮށްފައިވާ ކަމަށް ރިޕޯޓުކުރެވިފައިވެއެވެ.

މިހާތަނަށް 2،197 އަންހެނުން ރަހީނުކޮށްފައިވާއިރު، މިއީ މިދިޔަ އަހަރު ފުރަތަމަ ހަ މަސް ދުވަހުގެ ތެރޭގައި ރަހީނުކުރި އަންހެނުންގެ އަދަދަށް ވުރެ 1،880 އަންހެނުން އިތުރު އަދަދެކެވެ. 2021 ވަނަ އަހަރުގެ މުޅި އަހަރަށް ބަލާއިރު ޖުމުލަ 3،758 އަންހެނުން ރަހީނުކޮށްފައިވާ ކަމަށް ރިޕޯޓުކުރެވިފައިވެއެވެ.

އެހެން ކަމުން އިންޑިއާގައި އަންހެނުންގެ ސަލާމަތާ މެދު ބޮޑެތި ކަންބޮޑުވުންތަކެއް ހުރިކަމަށް ގިނަބަޔަކު ދަނީ ބުނަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް