އާ ރަންވޭ ހުޅުވިފަހުން އެންމެ ގިނަ ބޯޓު ޖައްސައި ފުރި ދުވަހަކީ މިދިޔަ ބުރާސްފަތި

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ރަންވޭ ހުޅުވި ފަހުން އެންމެ ގިނަ ބޯޓު ޖައްސައި ފުރި ދުވަހަކީ މިދިޔަ ބުރާސްފަތި ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ހާމަކޮށްފި އެވެ. އ...

27 Dec 2022 | 13:49

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ރަންވޭ ހުޅުވި ފަހުން އެންމެ ގިނަ ބޯޓު ޖައްސައި ފުރި ދުވަހަކީ މިދިޔަ ބުރާސްފަތި ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ހާމަކޮށްފި އެވެ.

އާ ރަންވޭ ހުޅުވާފައި ވަނީ މިދިޔަ އޮކްޓޫބަރު ހަ ވަނަ ދުވަހު އެވެ.

އެމްއޭސީއެލްއިން ބުނީ ރަން ވޭ ބޭނުން ކުރަން ފެށި ފަހުން އެންމެ ބާރު ބޮޑުވި މިދިޔަ ބުރާސްފަތި ދުވަހު 228 އެއާ ޓްރެފިކް މޫވްމަންޓް ރެކޯޑް ކުރެވުނު ކަމަށެވެ. އެއީ އިންޓަނޭޝަނަލް 104 މޫވްމަންޓާއި ޑޮމެސްޓިކް 104 މޫވްމަންޓެވެ. އަދި ޖެޓްތަކުގެ 20 މޫވްމަންޓެވެ.

އެ ކުންފުނިން ލަފާ ކުރާ ގޮތުގައި މިހާ ރު ކުރިޔަށް ދަނީ ޕީކް ސީޒަނަށް ވުމުން ކުރިޔަށް އޮތް ދުވަސްތަކުގައި އެ ރެކޯޑު މުގުރާލުމުގެ ފުރުސަތު ބޮޑެވެ.

އެ އެއާޕޯޓުގައި މިހާތަނަށް އެންމެ ގިނަ ފްލައިޓް މޫވްމަންޓް ރެކޯޑް ކުރެވިފައިވަނީ މި އަހަރުގެ ޖެނުއަރީ ތިން ވަނަ ދުވަހެވެ. އެ ދުވަހު އިންޓަނޭޝަނަލް އަދި ޑޮމެސްޓިކް ފްލައިޓްތަކުގެ މޫވްމަންޓްތައް ވަނީ 233 އަށް އަރައިފަ އެވެ. އަދި އެ ދުވަހުގެ ސީފްލޭން މޫވްމަންޓް 593 އަށް އެރި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް