މާލެއާއި ވިލިމާލޭ ރީތިކޮށް ބޭއްވުމުގައި ފަރުދީ ޒިންމާ އަދާ ކުރުމަށް މާލޭ ސިޓީ ކައުންސިލުން ގޮވާލައިފި އެވެ.
އެ ކައުންސިލުން މިގޮތަށް އެދިފައި މިވަނީ މާލެ އާއި ވިލިމާލޭ މަގުތަކާއި ޕާކު އަދި މައިޒާންތައް ކުނި ކަހައި ސާފު ކުރުމުގެ މަސައްކަތް ވެމްކޯ އާއި ހަވާލުކޮށްފައި އޮތް އެއްބަސްވުން އިއްޔެ ހަމަވެފައިވާ ދަނޑިވަޅެއްގައި އެވެ. ސިޓީ ކައުންސިލުން ބުނީ މާލެ ތެރެ ސާފު ކުރުކުގެ މަސައްކަތް ދެން ކުރާނީ ސިޓީ ކައުންސިލުންނެވެ
އެ ކައުންސިލުން މިއަދު ނެރުު ބަޔާނެއްގައި ބުނެފައިވަނީ އާއްމު ތަންތަން ސާފުތާހިރުކޮށް ބެހެއްޓުމަށާއި ވެށި ސާފުތާހިރު ތަނެއްގޮތުގައި ބޭއްވުމަކީ ފަރުދީ ޒިންމާއެއްގެ ގޮތުގައި ބެލުމަށް މާލެ ސިޓީ ކައުންސިލުން އިލްތިމާސްކޮށްފައިވެ އެވެ.
އެގޮތުން ކުނި މެނޭޖް ކުރާ ފަރާތްތަކުން ކުނި ނަގާ އުކާލެވެންދެން މަގުމަށްޗަށް ނުނެރި ރައްކާތެރިކަމާއެކު ކުނި މެނޭޖްކުރާ ގަވާއިދާއި އެއްގޮތަށް ގޭގައި ބެހެއްޓުމަށް ސިޓީ ކައުންސިލިން މިއަދުކުރި އިއުލާނުގައި އިއުލާނުގައިވެއެވެ.
މާލެއާއި ވިލިމާލެ ސަރަހައްދުގައި އުޅޭ ހުރިހާ ރައްޔިތުންގެ ޒިންމާއެއްކަމުގައި ދެކެ ކުނި މެނޭޖު ކުރުމުގެ ޤަވާޢިދާ އެއްގޮތަށް ކުނި ނައްތާލުމުގެ ކަންކަން ކުރިއަށް ގެންދިއުމަށްވެސްވަނީ އިލްތިމާސްކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް