ފަސް އަހަރަށްފަހު މާލެ ސިޓީ ސާފުކޮށް ބެލެހެއްޓުން ސީދާ ސިޓީ ކައުންސިލުގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އިން އިއްޔެ ނެރުނު ނޫސް ބަޔާނުގައި ބުނީ މާލެސިޓީ ކައުންސިލާއި ދެމެދު ފަސްއަހަރު ދުވަހުގެ މުއްދަތައް ވެފައިވާ އެއްބަސްވުން 25 ޑިސެމްބަރ 2022 ވަނަ ދުވަހަށް ހަމަވެފައިވާ ކަމަށާއި އެ އްބަސްވުން އާ ނުކުރުމާއި ގުޅިގެން އެ ހިދުމަތް ހުއްޓާލައިފައިވާ ކަމަށެވެ.
އަދި މިއަދުން ފެށިގެން ކުނީގެ ހިދުމަތުގެ މަސައްކަތް ކުރިއަށް ނުގެންދާނެ ވާހަކަ ވެމްކޯއިން ބުނެފައި ވެއެވެ.
މާލެ ސިޓީ ކައުންސިލުން ކުނީގެ ހިދުމަތް އާ ނުކުރަން ނިންމާ، އެ މަސައްކަތްތައް މާލެ/ވިލިމާލޭގެ މަގުތަކާއި ގޯޅިތައް އަދި ޕާކުތަކާއި މައިޒާންތަކާއި ގުޅިފައިވާ މަގުތަކާއި ގޯޅިތަކާއި ހިމެނޭ ގޮތަށް ކުނި ކަހައި ސާފްކުރުން ހުއްޓާލާފައިވާ ކަމަށް ވެމްކޯއިން ބުނެފައި ވެއެވެ.
އަދި ދަތުރުވެރިންގެ މާރުކޭޓާއި ލޯކަލް މާރުކޭޓު ސާފްކުރުމާއި ކުނި ނެގުންވެސް ވެމްކޯއިން ހުއްޓާލާފައިވާ ކަމަށާއި، މާލެ ސިޓީގެ އެކި ތަންތަނަށް ޤަވައިދާ ހިލާފަށް އަޅާފައި ހުންނަ ކުނި ނެގުން ވެސް ވަނީ ހުއްޓާލާފައި ކަމަށް އެ ކޯޕަރޭޝަނުން ހާމަކުރެއެވެ.
މީގެ އިތުރުން، ވެމްކޯއިން ބުނީ މި ހިދުމަތްތައް ހުއްޓާލި ނަމަވެސް އެކުންފުނީގައި ރަޖިސްޓްރީވެފައިވާ ގޭބިސީތަކުން ކުނި ނެގުމުގެ މަސައްކަތް ކުރާނެ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް