ކުރީގެ ރައީސް އަބްދުﷲ ޔާމީން، މާފުށީ ޖަލުގައި ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވަނީ ސްޕެޝަލް ޕްރޮޓެކްޝަން ޔުނިޓުގައި ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއިން ބުނެފި އެވެ.
ވ. އާރަށް ކުއްޔަށް ދިނުމުގައި ރިޝްވަތު ބޭނުން ކުރުމާއި މަލީ ލޯންޑަރިންގެ ދައުވާ ސާބިތުވާކަމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރީ މިމަހުގެ25 ވަނަ ދުވަހު އެވެ. އެ ހުކުމާއި އެކު 11 އަހަރުގެ ޖަލު ހުކުމަކާއި އެކު ފަސް މިލިއަން އެމެރިކާ ޑޮލަރުން ޖޫރިމަނާ ކުރި އެވެ.
ޖަލަށް ހުކުމް ކުރިތާ ދެ ގަޑިއިރެއްހާއިރު ތެރޭގައި އެމަނިކުފާނު ވަނީ މާފުށީ ޖަލަށް ގެންގޮސްފައި އެވެ.
ކަރެކްޝަންސްގެ މީޑިއާ އޮފިޝަލް ފާތިމަތު ޔުސްރީން މިއަދު ވިދާޅުވީ އެމަނިކުފާނު ހުކުމް ތަންފީޒު ކުރައްވަނީ ކުރީގެ ރައީސުންނަށް ހާއްސަކޮށްފައިވާ ސްޕެޝަލް ޕްރޮޓެކްޝަން ޔުނިޓުގެ ބައެއްގައި ކަމަށެވެ. އެތަނުގައި ކޮޓަރިއަކާއި ފާހަނާއަކާއި ސިޓިންރޫމެއް ހުންނާނެ ކަމަށް ވިދާޅުވި އެވެ.
އަދި ޖަލުގައި އެހެން ގައިދީންނަށް ލިބޭ ހުރިހާ ހިދުމަތެއް ލިބޭނެ ކަމަށް ވިދާޅުވި އެވެ. މީގެ އިތުރުން ކުރީގެ ރައީސަކަށް ވީމަ ޔާމީނަށް ހާއްސަކޮށް ވަކިން ސެކިއުރިޓީ ބަލަހައްޓާނެ ކަމަށް ޔުސްރީން ވިދާޅުވި އެވެ.
މާފުށީ ޖަލުގައި ހަދާފައިވާ ސްޕެޝަލް ޕްރޮޓެކްޝަން ޔުނިޓުތަކަކީ ޔާމީން ވެރިކަމުގައި ހުންނެވި އިރު ހަދާފައިވާ ފެންވަރު ރަނގަޅު ތަނެކެވެ. އެތަނުގައި ތިބޭ ގައިދީންނަށް ހާއްސަކޮށް، ކޮޓަރިއަކާއި ކޮރިޑޯއެއްގެ އިތުރުން ބެކްޔާޑެއް ހަދާފައި އޮވެ އެވެ. އަދި ކޮޓަރީގައި ގޮދަޑިއާއި އަލަމާރި، ފުރިޖުގެ އިތުރުން އޮޓޯ މެޝިން ބަހައްޓާފައި ހުރެ އެވެ. ފާހާނާގައި ހޫނު ފެނާއި ފިނިފެނުން ފެންވެރެން ހުރެ އެވެ.
ސްޕެޝަލް ޕްރޮޓެކްޝަން ޔުނިޓުގައި ތިބޭ ގައިދީންގެ ކެއުންވެސް ތަފާތެވެ. އަދި ކަސްރަތު ކުރުމަށް ނުކުމެ އުޅުމަށް ހާއްސަ ސަރަހައްދެއް ކަނޑައަޅާފައި އޮވެ އެވެ. އެ ގޮޅިތަކުގައި ތިބޭ މީހުންގެ ސިއްހީ ކަންކަން ގާތުން ބަލަމުން އަންނައިރު ކިޔާނެ ފޮތްތަކާއި ނޫސް އެ ގޮޅިތަކުގައި ލިބެން ހުރެ އެވެ.
ގއ. ވޮޑަމުލާ ކުއްޔަށް ދިނުމުގައި މަލީ ލޯންޑާ ކުރި ކަމުގެ ދައުވާގެ ކުށް ސާބިތުވެ ފަސް އަހަރު ދުވަހުގެ ޖަލު ހުކުމް ކުރުމުން ވެސް ހުންނެވި އެތަނުގައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް