ގަކްޕޯގެ ލިވަޕޫލަށް ބަދަލުވުމަށް އެއްބަސްވެއްޖެ

ނެދަލެންޑްސްގެ ޕީއެސްވީ އަށް ކުޅެމުން އަންނަ ޒުވާން ފޯވަޑް ކޯޑީ ގަކްޕޯ ޕްރިމިއާ ލީގުގެ ލިވަޕޫލަށް ބަދަލުވުމަށް އެއްބަސްވެފައިވާ ކަމަށް މީޑިއާ ރިޕޯޓުތައް ބުނެފިއެވެ. އުމުރުން 23 އަހަރުގެ ގަކްޕޯ ލިވަޕޫލ...

27 Dec 2022 | 05:39

ނެދަލެންޑްސްގެ ޕީއެސްވީ އަށް ކުޅެމުން އަންނަ ޒުވާން ފޯވަޑް ކޯޑީ ގަކްޕޯ ޕްރިމިއާ ލީގުގެ ލިވަޕޫލަށް ބަދަލުވުމަށް އެއްބަސްވެފައިވާ ކަމަށް މީޑިއާ ރިޕޯޓުތައް ބުނެފިއެވެ.

އުމުރުން 23 އަހަރުގެ ގަކްޕޯ ލިވަޕޫލް އާއި އެކު އެއްބަސްވެފައިވަނީ ހަ އަހަރު ދުވަހުގެ އެއްބަސްވުމަކަށް ކަމަށާއި އެއީ 2028 ވަނަ އަހަރުގެ ނިޔަލަށް ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.

މީގެ ކުރިން މެންޗެސްޓަރ ޔުނައިޓެޑާއި ގުޅިދާނެ ކަމުގައި ރިޕޯޓުތައް ބުނި ނަމަވެސް ގަކްޕޯ މިހާރު ވަނި އޭނާގެ ޚިޔާލު ބަދަލުކޮށް ލިވަޕޫލާއި ގުޅެން ނިންމާފައިކަމަށް ރިޕޯޓުތަކުގައި ވެއެވެ.

މިއަހަރު ޤަތަރުގައި އޮތް ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި ވެސް މޮޅު ކުޅުމެއް ދެއްކި ގަކްޕޯ ހަ އަހަރުގެ އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ބަދަލުވާން އެއްބަސްވެެފައިވާ ކަމަށް ރިޕޯޓުތައް ބުނާއިރު، އޭނާ ލިވަޕޫލަށް ބަދަލުވާ ފީއަކީ 37 މިލިއަން ޕައުންޑް ކަމަށް ވެސް ރިޕޯޓުކޮށްފައިވެއެވެ.

ގަކްޕޯ ހޯދުމަށް ޕްރިމިއާ ލީގުގެ މެންޗެސްޓަރ ޔުނައިޓެޑާއި އާސެނަލް ފަދަ ކުލަަބުތަކުން މަސައްކަތް ކުރާއިރު، ސްޕެނިޝް ލީގުގެ ބައެއް ކުލަބުތަކުން ވެސް ގަކްޕޯ ހޯދުމަށް ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ގިނަ ބައެއްގެ ލޯތައް ގަކްޕޯއަށް އަމާޒުވީ ނިމިގެން ދިޔަ ގަތަރު ވޯލްޑް ކަޕް މުބާރާތުގައި ނެދަލެންޑްސް ޓީމުގައި އޭނާ ދެއްކި މޮޅު ކުޅުމާއި އެކުގައެވެ. ގަކްޕޯ ވަނީ އެ ޓީމު މޮޅު ކޮށްދިނުމުގައި މުހިންމު ދައުރެއް އަދާކޮށްފަ އެވެ. މުބާރާތުގެ ގްރޫޕް ސްޓޭޖުގައި ނެދަލެންޑްސް ކުޅުނު ތިން މެޗުގައި ވެސް ގަކްޕޯ ވަނީ ލަނޑު ޖަހާފަ އެވެ. އެއީ ސެނެގާލް، އިކުއެޑޯ، އަދި ޤަތަރާ ދެކޮޅަށެވެ. މުބާރާތުން ނެދަލެންޑްސް ކެޓީ ކުއާޓާ ފައިނަލްގައި އާޖެންޓީނާ އަތުން ޕެނަލްޓީގަ އެވެ.

2016 ވަނަ އަހަރު ސީނިއާ ކެރިއަރު ފެށި ޒުވާން ފޯވަޑް ގަކްޕޯ މިހާރު ކުޅެމުން އަންނަނީ ނެދަލެންޑްސްގެ ޕީއެސްވީއަށެވެ.  ޕީއެސްވީ އަށް އޭނާ ބަދަލުވީ 2021 ވަނަ އަހަރު އެވެ. އެ ކުލަބަށް ބަދަލުވެ އޭނާ ވަނީ މިހާތަނަށް 159 މެޗު ކުޅެދީ 55 ލަނޑު ޖާހަފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް