ބޯކޮށް ސްނޯ ވެހި ޖަޕާނުން މަރުވި މީހުންގެ އަދަދު 17 އަށް

ބޯކޮށް ސްނޯ ވެހި ޖަޕާނުގެ އެކި ސަރަހައްދުތަކުން މިހާތަނަށް 17 މީހުން މަރުވެއްޖެ އެވެ. ޖަޕާނުގެ ފަޔާ އެންޑް ޑިޒާސްޓާ މެނޭޖްމެންޓު އެޖެންސީން ބުނީ އެގައުމަށް ބޯކޮށް ސްނޯ ވެހި ސްނޯތަކުގެ އުސްމިނުގައި 2.6...

27 Dec 2022 | 04:50

ބޯކޮށް ސްނޯ ވެހި ޖަޕާނުގެ އެކި ސަރަހައްދުތަކުން މިހާތަނަށް 17 މީހުން މަރުވެއްޖެ އެވެ.

ޖަޕާނުގެ ފަޔާ އެންޑް ޑިޒާސްޓާ މެނޭޖްމެންޓު އެޖެންސީން ބުނީ އެގައުމަށް ބޯކޮށް ސްނޯ ވެހި ސްނޯތަކުގެ އުސްމިނުގައި 2.6 ފޫޓު އެބަހުރި ކަަމަށެވެ. ސްނޯއާއި އެކު އެންމެ ބޮޑު ގެއްލުމެއް ލިބެމުން ދަނީ އައްސޭރި ފަށުގެ ސަރަހައްދުތަކަށް ކަމަށް ބުނެފައިވެ އެވެ.

އެ އިދާރާއިން ބުނީ މިހާތަނަށް 17 މީހުން މަރުވެފައިވާއިރު އޭގެ ތެރެއިން އުމުރުން ދުވަސްވީ ބައެއް މީހުން މަރުވެފައި ތިއްބަ ފެނިފައިވަނީ ސްނޯތަކުގެ އަޑީގައި އެވެ. އަދި ސްނޯ ފޭބުމުގެ ސަބަބުން ހިނގި އެކި ހާދިސާތަކުގައި 90 އަށްވިރެ ގިނަ މީހުން ޒަހަމްވެފައިވާ ކަމަށް ބުނެފައިވެ އެވެ.

ބޯކޮށް ސްނޯވެހި ބޮޑެތި ސިޓީތަކާއި ކުދި އަވަށްތަކަށް ދެވެން އޮންނަ މަގުތައް ބަންދުވުމުގެ ސަބަބުން މީހުން ރައްކާތެރި ސަރަހައްދުތަކަށް ގެންދިއުމަށް ދަނީ ހުރަސް އެޅެމުންނެވެ. އަދި ޑެލިވަރީގެ ހިދުމަތާއި އެހެނިހެން އާންމު ހިދުމަތްތަކަށްވެސް ބުރޫއަރަމުންދާ ކަމަށް ޖަޕާނުގެ ކަމާ ބެހޭ ފަރާތްތަކާއި ހަވާލާދީ ބައިނަލް އަގުވާމީ މީޑިއާގައި ރިޕޯޓުކޮށްފައިވެ އެވެ.

ފަހުގެ އަހަރުތަކުގައި ޖަޕާނުގެ މޫސުމަށް ބޮޑެތި ބަދަލު ތަކެއް އަންނަމުންދާ ކަމަށް އެ ގައުމުގެ މީޓްރޮލޮޖީ އެޖެންސީން ބުނެފައިވެ އެވެ. އެކަމަކު މިއަހަރު ސްނޯ ވެހެމުންދަނީ އަންދާޒާކޮށްފައިވާ ވަރަށްވުރެ މާ ގިނައިން ކަމަށް އެ އިދާރާއިން ބުންޏެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް