މ. އަތޮޅު މަދަރުސާގައި އަލަށް އިމާރަތްކުރި 8 ކްލާސް ރޫމާއި މަލްޓި ޕާޕަސް ހޯލް ބޭނުން ކުރަން ފަށައިފިއެވެ.
އެޑިޔުކޭޝަން މިނިސްޓްރީން މައުލޫމާތު ދޭގޮތުގައި، މ. އަތޮޅު ކޮޅުފުށީ ގައި ހުންނަ އެ އަތޮޅު މަދަރުސާގައި އަލަށް އިތުރު ކުރި ބަޔަކީ މި ސަރުކާރުން ޢިމާރާތްކުރި ބައެކެވެ.
އެތަނުގައި 8 ކްލާސް ރޫމާއި، މަލްޓި ޕާޕަސް ހޯލެއް ހުރެ އެވެ. އިއްޔެ އެއްބައިވަންތަ ކަމުގެ ދުވަހުގެ ޖަލްސާ ބޭއްވި އެ ހޯލުގައި އެވެ.
އެޑިއުކޭޝަން މިނިސްޓްރީ ބުނީ އަލަށް ބޭނުން ކުރަން ފެށުނު ބަޔާއި އެކު މ. އަތޮޅު މަދަރުސާ އަކީ އެއް ދަންފަޅިއަށް ކިޔަވައިދޭ ސްކޫލަކަށް ވެފައިވާ ކަމަށެވެ. އެގޮތުން އަންނަ މަހު ފެށޭ މި ދިރާސީ އަހަރުގެ ދެވަނަ ޓާމުގެ ކިޔެވުން ފަށާއިރު އެ މަދަރުސާގައި އެއް ދަންފަޅިއަށް ކިޔަވައިދޭނެ ކަމަށް އެ މިނިސްޓްރީން ހާމަކޮށްފައި ވެއެވެ.
މިދިޔަ އޮގަސްޤު މަހު ކ ކާށިދޫގައިވެސް ވަނީ އެއް ދަންފަޅިއަށް ކިޔަވައިދޭން ފަށާފައި އެވެ. އެއީ އެ ސްކޫލްގައި އިމާރާތް ކުރި އާ ކްލާސް ރޫމްތައް ހިމެނޭ އިމާރާތުގެ މަސައްކަތް ނިމި ބޭނުން ކުރަން ފެށުމާއި އެކު އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް