ޕްރޮގްރެސިވް ކޯލީޝަނުން ރޭގައި މާލޭގައި ކުރިއަށްގެންދިޔަ މުޒާހަރައިން ހައްޔަރުކުރި 15 މީހުން ދޫކޮށްލައިފިއެވެ.
ރޭގެ މުޒާހަރައިން ހައްޔަރުކުރި 15 މީހުން:
- މުހައްމަދު ނަބީލް، ޒޭވަރު، ށ. ފީވައް
- އިބްރާހިމް މުހައްމަދު ގ. ގްރީން ބީންސް
- އަހްމަދު، ދަފްތަރު ނަމްބަރު އާރްއެސް 13934
- ހުސެއިން ޝިފާސް، ރިވަރ، ހއ. ކެލާ
- އިބްރާހިމް ޒަމީލް، މއ. ސީނުމާ
- މުހައްމަދު އަބްދުލްކަރީމް، ހ. ރުކުމާ
- ހުސެއިން ނާއިސް، މާގަލާ، ނ. ވެލިދޫ
- އަހްމަދު ގާލިބް، ގ. ވަށަވަރު
- އަހްމަދު ޒައީމް، މ. ފޮގެޓް މީ ނޮޓް
- އައިޝަތު ނުހާ އިބްރާހިމް، މއ. ރޭޓް
- ހަސަން ފައުޒީ، އިރުމަތީގެ، ތ. ވިލުފުށި
- އަލީ ނަޒްލީމް، ކުދިމާގެ، ކ. ދިއްފުށި
- މުހައްމަދު މާނިއު ހުސެއިން، ހ. ފިނިމާގެ
- މުހައްމަދު މަބްރޫކް، ހިކިފިނިފެންމާގެ، އއ. ތޮއްޑޫ
- އިބްރާހިމް ޝައްމޫން، ނިއު މޫން، ލ. ފޮނަދޫ
މި އެންމެން ރޭގެ ދަންވަރުގެ ވަގުތެއްގައި ވަނީ ދޫކޮށްލާފައެވެ. އެކަން އެ ކޯލީޝަންގެ ގާނޫނީ ވަކީލެއްކަމުގައިވާ ލޯޔަރު އާސިފް ވަނީ ހާމަކުރައްވާފައެވެ.
ރޭގައިވެސް އެ ކޯލީޝަނުން މާލޭގައި މުޒާހަރާކޮށްފައިވަނީ ރައީސް ޔާމީނަށް އިއްވި ހުކުމާއި ދެކޮޅަށެވެ. ރެއަކީ ސިލްސިލާކޮށް އެ ކޯލީޝަނުން މުޒާހަރާކުރި ދެވަނަ ރެއެވެ.
އާރަށުގެ މައްސަލައިގާ ރައީސް ޔާމީންގެ މައްޗަށް ވަނީ 11 އަހަރުގެ ޖަލު ހުކުމެއް އިއްވާފައެވެ. އަދި ފަސް މިލިޔަން ޑޮލަރުން ޖޫރިމަނާކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް