ހުޅުމާލޭގައި ޤަވައިދާ ހިލާފަށް ޕާކްކޮށްފައި ހުރި އުޅަނދުތައް ނަގާނެކަމަށް ހައުސިން ޑެވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފިއެވެ.
އެޗްޑީސީން އިއްޔެ ކުރި އިއުލާނެއްގައި ބުނީ ހުޅުމާލޭގެ ޕާކިން ޒޯންތަކާއި މަގުތަކާއި ހުސް ބިންތަކުގައި ޤަވައިދާ ހިލާފަށް ޕާކް ކޮށްފައި ހުރި އުޅަނދުތައް ނަގާނެ ކަމަށެވެ.
އަދި ހަލާކުވެފައި ހުރި އުޅަނދުތަކާއި ސުން ބޯޑު އަޅުވާފައި ހުންނަ އުޅަނދުތައް ވެސް ޓޯ ކުރުމުގެ މަސައްކަތް ކަމާ ގުޅޭ މުވައްސަސާއާއި ގުޅިގެން އެ ކޯޕަރޭޝަނުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާކަން އެޗްޑީސީން ހާމަކޮށްފައި ވެއެވެ.
ހުޅުމާލޭގައި ޕާކިން މައްސަލަ ހައްލު ކުރުމަށް އެޗްޑީސީން ވަނީ ދާދި ފަހުން ޕާކިން އިމާރާތެއް އެޅުމަށް ވެސް ބަޔަކާއި ހަވާލުކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް