ފިލިޕިންސްގެ ދެކުނުގެ ޕްރޮވިންސްތަކަށް ބޯކޮށް ވާރޭވެހި ފެންބޮޑުވެ ހިނގި ހާދިސާތަކުގައި މިހާތަނަށް އަށް މީހަކު މަރުވެފައިވާކަމަށް ރިޕޯޓްކޮށްފިއެވެ.
ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނަ ފޮޓޯ/ވީޑިއޯތަކުން ފެންނަގޮތުގައި އާންމު އިންސާނެއްގެ މެއަށްވުރެ މައްޗަށް އަރާވަރަށް ބައެއް ސަރަހައްދުތަކުގައި ފެން ބޮޑުވެފައިވާއިރު މީހުން ސަލާމަތްކުރުމުގެ މަސައްކަތް ސަލާމަތީ ހިދުމަތްތަކުން ކުރަމުންދެއެވެ.
އެ ގައުމުގެ ނެޝަނަލް ޑިޒާސްޓާ އެޖެންސީން އިއްޔެ ހާމަކޮށްފައިވާގޮތުގައި މިހާތަނަށް އަސް މީހަކުމަރުވެފައިވާއިރު އޭގެތެރެއިން ފަސް މީހަކު މަރުވެފައިވަނީ ގެނބިގެންނެވެ. 19 މީހަކު ގެއްލިފައިވާކަމަށްވެސް ބުނެފައިވެއެވެ.
އެ ގައުމުގެ މޫސުމާއިބެހޭ އިދާރާއިން ބުނެފައިވާގޮތުގައި 24 އަދި 25 ވަނަ ދުވަހު ގާތްގަނޑަކަށް ހުއްޓުމެއްނެތި ވަރަށް ބޯކޮށް ވާރޭވެހިފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް