ހުޅުމާލެއިން ގޯތި ވިއްކުމުގެ ނިންމުން ބަދަލު ކުރުމަށް ނަޝީދު ގޮވާލައިފި

ހުޅުމާލެއިން 60 ގޯތި ވިއްކަން ހައުސިން ޑިވެލޮޕަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އިއުލާނު ކުރުމުން އެކަން ބަދަލު ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ގޮވާލައްވައި...

27 Dec 2021 | 17:39

ހުޅުމާލެއިން 60 ގޯތި ވިއްކަން ހައުސިން ޑިވެލޮޕަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އިއުލާނު ކުރުމުން އެކަން ބަދަލު ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ގޮވާލައްވައިފިއެވެ.

އެގޮތުން ނަޝީދު މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މާލެ ސަރަހައްދުގައި ދިރިއުޅޭ އާމްދަނީ މަދު މީހުންނަށް ބިން ލިބޭނެ ގޮތެއް ނެތި ހުޅުމާލެއިން ބިން ވިއްކުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމުގައެވެ. އަދި އެ ސިޔާސަތު ބަދަލު ކުރަމަށް ސަރުކާރަށް ގޮވާލައްވާފައި ވެއެވެ.

https://twitter.com/MohamedNasheed/status/1475503244210180109

އެޗްޑީސީ އިން މިއަދު ކޮށްފައިވާ އިއުލާނެއްގައި ބުނެފައި ވަނީ ބީލަމުގެ އުސޫލުން ދެވަނަ ފިޔަވަހީގެ ބިމުން 1،603 އަކަފޫޓާއި 2،633.93 އަކަފޫޓާ ދެމެދުގެ ބިންތަކެއް ވިއްކަން ނިންމާފައިވާ ކަމުގައެވެ. މި ބިންތަކަކީ އަތިރިމައްޗާއި ކައިރިން އަދި އަތިރިމަތީ ކުރިމަތިން ދޫކުރާ ބިންތަކެކެވެ.

ބިން ގަންނަން އެދޭ ފަރާތްތަކުގައި ހުންނަން ޖެހޭ ޝަރުތުތަކުގެ ތެރޭގައި މާލެ ސަރަހައްދުގައި600 އަކަފޫޓުގެ ބިމެއް ނެތުމާއި އެއް ފަރާތަކަށްވުރެ ގިނަ ފަރާތަކަށް ރެޖިސްޓްރީ ކޮށްފައި ބިމެއް އޮތް ނަމަ އެމީހަކަށް ކަނޑައެޅިފައިވާ ބިމުގެ ބޮޑުމިނުގައި600 އަކަފޫޓު ނެތުން ހިމެނެ އެވެ.

ހުޅުމާލޭގެ އެއްވެސް ފޭސްއަކުން އެއަށްވުރެ ކުޑަބިމެއް ގަނެފައިވާ ފަރާތަކަށްވެސް މި ބިންތައް ގަތުމަށް ކުރިމައްޗެއް ނުލެވޭނެ އެވެ. އެޗްޑީސީން ބުނީ މީހަކަށް ކުރިމަތި ލެވޭނީ އެންމެ ބިމަކަށް ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް