ބޮލީވުޑްގެ އެންމެ މަޝްހޫރު އަދި އެންމެ ބިޒީ ބަތަލް އަކްޝޭ ކުމާރު ރާއްޖޭގައި ޗުއްޓީ ހޭދަ ކުރަމުން އެބަދެ އެވެ.
އޭނާ ރާއްޖެ އައިސް އުޅެނީ އާއިލާ އެކު އެވެ. ޗުއްޓީ ހޭދަ ކުރަން އައީ ކޮން ދުވަހަކު ކަން ނޭނގުނަސް މައުލޫމާތު ލިބިފައިވާ ގޮތުގައި އަކްޝޭ އާއިލާ ޗުއްޓީ ހޭދަ ކުރަމުން ދަނީ ނ. އަތޮޅުގައި އޮންނަ ސޮނޭވާ ޖާނީ ގައި އެވެ.
އަކްޝޭގެ އިންސްޓަގްރާމް ޕޯސްޓުތަކަށް ބަލާއިރު އޭނާ ރާއްޖޭގައި އުޅޭތާ މިހާރު ހަތަރު ވަރަކަށް ދުވަސް ވެއްޖެ އެވެ. މިހާތަނަށް ދެ ޕޯސްޓެއް ކޮށްފައިވާއިރު މީގެ ތިން ދުވަސް ކުރި ކުރި ޕޯސްޓެއްގައި ފެންނަނީ ލަވަޖަހާ ސްޕީކަރެއް ކޮނޑަށް ލައިގެން ރިސޯޓު ތެރޭގައި ހިނގާ ތަނެވެ.
މިއަދު އާންމު ކުރި ވީޑިއޯގައި ފެންނަނީ ރިސޯޓުގެ ވޯޓާ ބެންގަލޯތަކަށް ދެވެން އަޅާފައި އޮންނަ ފާލަމުގަ ވަރަށް ހަމަޖެހިލައިގެން ބައިސްކަލު ދުއްވާތަނެވެ. އަދި އެ ވީޑިއޯގެ ބެކްރައުންޑް މިއުޒިކަކަށް ޖަހާފައި ހުރީއެންމެ ފަހުން ރިލީޒް ކުރި އަކްޝޭގެ ފިލްމު "އަތްރަންގީ ރޭ" ގެ އެންމެ ހިޓު ލަވަ ކަމަށްވާ "ރައިތް ޒަރާ ސީ" އެވެ.
އެ ޕޯސްޓުގައި އަކްޝޭ ބުނެފައިވަނީ އޭނާގެ އެވަގުތު ކުރަމުންދާ ކަމަކީ ހޯމަ ދުވަހުގެ މޫޑު އާދިއްތަ ދުވަހު ގޮތަށް ހުރުމުން ވާގޮތް ކަމަށެވެ.
https://www.instagram.com/p/CX-27HlsVgv/
އަކްޝޭ އަކީ މިއަހަރު ބޮލީވުޑްގައި އެންމެ ގިނަ މަސައްކަތްތައްް ކުރި އެއް ފަންނާނެ އެވެ. މިއަހަރު "އަތުރަންގީ ރޭ" ގެ އިތުރުން އަކްޝޭ ފެނިގެން ދިޔަ ފިލްމަތުތަކުގެ ތެރޭގައި ފިލްމު "ޝޫރްޔަވަންޝީ" އާއި "ބެލް ބޮޓޮމް" ވެސް ހިމެނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް