އޭސީސީ މެމްބަރުން ވަކި ކުރަން ނިންމި ގޮތް އިންސާފުވެރިއެއް ނޫން: އެމްއެންޕީ އާއި އިދިކޮޅު

އެންޓީ ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެމެމްބަރުން ވަކި ކުރަން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ނިންމީ އިންސާފުވެރިކޮށް ނޫން ކަމަށް މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) އާއި އ...

27 Dec 2021 | 13:50

އެންޓީ ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެމެމްބަރުން ވަކި ކުރަން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ނިންމީ އިންސާފުވެރިކޮށް ނޫން ކަމަށް މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) އާއި އިދިކޮޅު ޕީޕިއެމް/ ޕީއެންސީ ކޯލިޝަނުން ބުނެފި އެވެ.

ޕާފާމަންސް އޮޑިޓަކަށް ފަހު ކޮމިޓީން ނިންމީ މެމްބަރުން ވަކި ކުރާށެވެ. އަދި ޖަވާބުދާރީވާން ދިން ފުރުސަތު ޖަވާބު ދާރީވުމުން އެ ދިން ޖަވާބަށް ރިއާޔަތް ނުކޮށް އެ މެމްބަރުން ވަކި ކުރަން އިއްޔެ ކޮމިޓިން ނިންމުމުން އޭސީސީގެ ބާކީ ތިބި ތިން މެމްބަރުން ވަނީ މިއަދު އިސްތިއުފާ ދެއްވާފަ އެވެ.

މި މައްސަލައިގަ އިދިކޮޅު ޕީއެންސީގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފު ވިދާޅުވީ އޭސީސީގެ ހުރިހާ މެމްބަރުން އިސްތިއުފާދެއްވީ ސަރުކާރާއި ރައްޔިތުންގެ މަޖިލީހުގެ ނުފޫޒު އިންތިހާއަށް ފޯރުވުމުން ކަމަށެވެ. މިކަމުން ހާމަވަނީ ސަރުކާރާއި މަޖިލީހުގެ ހުދުމުހުތާރު ކަމާއި އަނިޔާވެރިކަން ކަމަށް ވިދާޅުވި އެވެ.

އަދި ވިދާޅުވީ މިނިވަން މުއައްސަސާތަކަށް ނުފޫޒު ނުފޯރުވައި ވެރިކަން ކުރަން އެމްޑީޕީން ދަސްކުރަން ޖެހޭ ކަމަށެވެ.

އެމްއެންޕީން ނެރުނު ބަޔާނުގައި ބުނެފައިވަނީ އޭސީސީއަކީ ދައުލަތުގެ ހުރިހާ ދާއިރާތަކަކުން ކޮރަަޕްޝަން ނައްތާލުމަށް އެއްވެސް ފަރާތަކަށް ބުރަ ނުވެ މިނިވަންކަމާ އެކު ޖެހިލުމެއް ނެތި މަސައްކަތްކުރުމުގެ ޒިންމާ ހަވާލުކޮށްފައިވާ ކޮމިޝަނަކަށްވާއިރު އެ ކޮމިޝަންގެ މެމްބަރުން ވަކިކުރުމަށް މަޖިލިސް ރިސެސްގައި އޮތް ދުވަސްވަރެއްގައި ޖަލްސާތަކާއި ކޮމިޓީ ބައްދަލުވުންތައް ބާއްވައި އަމަލުކުރި ގޮތާ މެދު ކަންބޮޑުވާ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް