އެސްޓީއޯ ޕީޕަލްސް ޗޮއިސް އޭޖެންޓަކަށްވުމުގެ ފުރުސަތު ހުޅުވާލައިފި

އެސްޓީއޯ އިން ވިއްކާ ޕީޕަލްސް ޗޮއިސްގެ ބުރޭންޑްތައް ރާއްޖޭގެ ރަށްރަށުގައި ވިއްކުމުގެ މަސައްކަތް ކޮށްދޭނެ އޭޖެންޓުން ހޯދުުގެ މަސައްކަތް އެ ކުންފުނިން ފަށައިފިއެވެ. އެ ކުންފުނިން ބުނީ މިއީ އެސްޓީއޯ ޕީޕަ...

27 Dec 2021 | 13:44

އެސްޓީއޯ އިން ވިއްކާ ޕީޕަލްސް ޗޮއިސްގެ ބުރޭންޑްތައް ރާއްޖޭގެ ރަށްރަށުގައި ވިއްކުމުގެ މަސައްކަތް ކޮށްދޭނެ އޭޖެންޓުން ހޯދުުގެ މަސައްކަތް އެ ކުންފުނިން ފަށައިފިއެވެ.

އެ ކުންފުނިން ބުނީ މިއީ އެސްޓީއޯ ޕީޕަލްސް ޗޮއިސްއިން އިން ރާއްޖެއަށް އެތެރެކޮށް ވިއްކާ ބުރޭންޑްތަކުގެ މުދާ ރާއްޖޭގެ ހުރިހާ ރަށެއްގައި ފަސޭހަކަމާއެކު ރައްޔިތުންނާ ހަމަޔަށް ފޯރުކޮށްދިނުމަށް ހޯދާ އެޖެންޓުން ކަމަށެވެ. އަދި މި ވިޔަފާރީގައި ކުދި އަދި މެދުފަންތީގެ ކުންފުނިތަކަށް ވިޔަފާރީގެ ފުރުސަތު ފުޅާކޮށްދިނުމަކީ ވެސް އެޖެންޓުން ހޯދާ މަގުސަދެއް ކަމަށެވެ.

އެހެންކަމުން އޭޖެންޓުންނަށްވުމުގެ ފުރުސަތު މިއަދުން ފެށިގެން ހުޅުވާލާފައިވާ ކަމަށް އެސްޓީއޯ އިން ބުނެއެވެ.

އެސްޓީއޯ އެޖެންޓުގެ ގޮތުގައި އައްޔަންކުރެވޭނީ ވިޔަފާރި ރަޖިސްޓްރީކުރުމާބެހޭ ޤާނޫނުގެ ދަށުން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓްގައި ރަޖިސްޓްރީކޮށްފައިވާ ކުންފުނި ނުވަތަ ވިޔަފާރިއެއް ހިންގާ ފަރާތްތަކެވެ. އަދި އޮންލައިން ވިޔަފާރި ކުރާ ފަރާތްތަކަށް ވެސް އެޖެންޓަކަށް ކުރިމަތިލުމުގެ ފުރުސަތު އޮންނާނެއެވެ.

މިގޮތުން އެސްޓީއޯ ޕީޕަލްސް ޗޮއިސް އޭޖެންޓަކަށް ވާން ބޭނުން ފަރާތްތަކުން އެސްޓީއޯ ޕީޕަލްސް ޗޮއިސް އޭޖެންޓަކަށް ވުމަށް އެދޭ ފޯމް ފުރުމަށްފަހު 31 ޖެނުއަރީ 2022 14:00 ގެ ކުރިން [email protected] އަށް އީމެއިލް ކުރުމަށް ވަނީ އެދިފައެވެ. ނުވަތަ އެސްޓީއޯ ހޯމްއިމްޕްރޫވްމަންޓް އަދި އެސްޓީއޯ ސުޕަރމާޓް ހޯލްސޭލް ސެންޓަރު ކައުންޓަރަށް ވެސް ހަވާލު ކުރެވިދާނެއެވެ.

އެސްޓީއޯ ޕީޕަލްސް ޗޮއިސް އޭޖެންޓުންނާއި ބެހޭ އިތުރު މައުލޫމާތު ހޯއްދުމަށް ހޮޓްލައިން 1422 ނުވަތަ 7291124 އާއި ގުޅުމަށް ވަނީ އެސްޓީއޯ އިން އެދިފައެވެ.

https://twitter.com/stoplc/status/1475435212582494212

މި ފުރުސަތު ރާއްޖޭގެ ހުރިހާ ރަށަކަށް ހުޅުވާލެވިފައިވާއިރު، އެސްޓީއޯއިން އަބަދު ވެސް ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަށް ވަރަށް މުހިންމު އިސްކަމެއް ދެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް