ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝައިޚް ހަސީނާ ރާއްޖެއިން ފުރާވަޑައިގެންފި

ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝައިޚް ހަސީނާ ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިއަދު ޤައުމަށް ފުރާވަޑައިގެންފިއެވެ. އެކަމަނާ ރާއްޖެ ވަޑައިގަތީ ރައީސް އިބްރާހިމް މުހައްމަދު ޞާލިހ...

27 Dec 2021 | 09:44

ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝައިޚް ހަސީނާ ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިއަދު ޤައުމަށް ފުރާވަޑައިގެންފިއެވެ.

އެކަމަނާ ރާއްޖެ ވަޑައިގަތީ ރައީސް އިބްރާހިމް މުހައްމަދު ޞާލިހްގެ ދަތުރު ފުޅަކަށް މި މަހުގެ 22 ވަނަ ދުވަހުއެވެ.

ޝައިޚް ހަސީނާ ރާއްޖެއަށް ކުރެއްވި ދަތުރުފުޅުގައި ހިމެނޭ ރަސްމީ މަސައްކަތްތަކާއި ހަރަކާތްތައް މިމަހުގެ 23 ވަނަ ދުވަހު ވަނީ ނިންމަވާ ލައްވާފައެވެ.

އޭގެފަހުން މިއަދުގެ ނިޔަލަށް އެކަމަނާ ވަނީ ރާއްޖެ ރިސޯޓެއްގައި ޗުއްޓީ އެއް ހޭދަކުރައްވާފައެވެ.

އެ ކަމަނާގެ މި ދަތުރުފުޅުގައި ދެ ޤައުމުގެ ދެމެދުގައި ރަސްމީ ވާހަކަތައް ބާއްވައި، އެއްބަސްވުންތަކުގައި ސޮއި ކޮށްފައިވެއެވެ. އަދި މި ދަތުރުފުޅުގައި އެކަމަނާ ވަނީ ރައްޔިތުންގެ މަޖިލީހުގައި ތަގުރީރު ކުރައްވާފައެވެ.

އެގޮތުން މި މިދަތުރުފުޅުގައި ދެ ޤައުމުގެ ދެމެދުގައި އެކުލަވާލެވުނު އެއްބަސްވުން ތަކުގެ ތެރޭގައި ސިއްހީ ޕްރޮފެޝަނަލުން ގެނައުމާއި ޔޫތް އެންޑް ސްޕޯޓްސް ދާއިރާގެ އެއްބަސްވުން ހިމެނެ އެވެ. އަދި ދިވެހި ސަރުކާރާއި ބަންގްލަދޭޝް ސަރުކާރާ ދެމެދު ޓެކްސްއަށް މަކަރު ހެދުމުގެ ފުރުޞަތު ނައްތާލުމަށާއި، ޑަބަލް ޓެކްސޭޝަން ނައްތާލުމަށް ހެދި އެގްރީމެންޓެއް ހިމެނެ އެވެ.

މީގެ އިތުރުން ބަންގްލަދޭޝްއިން ރާއްޖެއަށް ހަދިޔާކުރި 13 އަސްކަރީ އުޅަނދުގެ ތަޅުދަނޑި ހަވާލުކޮށްދެއްވުން ކުރިއަށް ގެންގޮސްފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް