އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގައި މިވަގުތު ތިއްބެވި ހުރިހައި މެމްބަރުން އިސްތިޢުފާ ދެއްވައިފިއެވެ.
އެ ކޮމިޝަންގެ ރައީސް އައިމިނަތު ޝިއުނާ އާއި ނައިބު ރައީސް ފާތުމަތު އަނޫލާ އަދި މެމްބަރު އައިޝަތު އަބްދުﷲ އިސްތިއުފާ ދެއްވާފައިވަނީ މިއަދުއެވެ.
އެ ކޮމިޝަނުގައި ތިއްބެވި އިބްރާހިމް ޝަކީލާއި އަލީ އަޝްރަފް ވަނީ މި ޑިސެމްބަރ މަސް ތެރޭގައި އެ ކޮމިޝަނުން އިސްތިއުފާދެއްވާފައެވެ.
ކޮމިޝަނުގެ ހުރިހާ މެމްބަރުން އިސްތިއުފާ ދެއްވާފައި މިވަނީ މެމްބަރުން ވަކިކުރަން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ފާސްކޮށްފައިވަނިކޮށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް