މައިހުޅުމާލެ ޕޯޓަލް މެދުވެރިކޮށް އެޗްޑީސީ ގެ އިތުރު ޚިދުމަތްތަކެއް އޮންލައިންކޮށް

އެޗްޑީސީގެ އޮންލައިން ޕޯޓަލް "މައި ހުޅުމާލެ ޕޯޓަލް" މެދުވެރިކޮށް އިތުރު .ޚިދުމަތްތަކެއް ދިނުމަށް ނިންމައިފިއެވެ. އެޗްޑީސީން މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މީގެކުރިން ސިޓީ މެދުވެރިކޮށް ދެމުން ގެ...

27 Dec 2021 | 08:54

އެޗްޑީސީގެ އޮންލައިން ޕޯޓަލް "މައި ހުޅުމާލެ ޕޯޓަލް" މެދުވެރިކޮށް އިތުރު .ޚިދުމަތްތަކެއް ދިނުމަށް ނިންމައިފިއެވެ.

އެޗްޑީސީން މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މީގެކުރިން ސިޓީ މެދުވެރިކޮށް ދެމުން ގެންދިޔަ ބައެއް ހުއްދަތައް އެކޯޕަރޭޝަންގެ މައި ހުޅުމާލެ ޕޯޓަލް މެދުވެރިކޮށް މިހާރު ލިބޭނެ ކަމުގައެވެ.

އެގޮތުން އަލަށް ތަޢާރަފްކޮށްފައިވާ ހުއްދަތަކަކީ، އިމާރާތެއް ތަޅާލުމުގެ ހުއްދަ، ގޯތީގެ އިމުގައި ފެންސް ޖެހުމުގެ ހުއްދަ، ސޯޝަލް ހައުސިންގ ފްލެޓްތަކަށް ފައިބަރ ކޭބަލް އެޅުމުގެ ހުއްދަ، އިންފާރު ރޭނުމުގެ ހުއްދައެވެ.

ޢިމާރާތްކުރުމާބެހޭ ޤަވާއިދު (ނަންބަރު: 1004-R/2019) ގެ 11 ވަނަ މާއްދާގައި ބަޔާންކޮށްފައިވާގޮތަށް އިމާރާތް ތަޅާލުމުގެ ހުއްދައަށް އެދޭ ފޯމާއި އިންފާރު ރޭނުމަށް އެދި ހުށަހަޅާ ފޯމަށް ސަތޭކަ ރުފިޔާގެ ފީއެއް ނެގޭނެކަމަށް އެޗްޑީސީން ހާމަ ކުރެއެވެ.

https://twitter.com/hdcmaldives/status/1475362912604590080

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް