އާ އަހަރު ފެށުމަށް ޚާއްސަ މިއުޒިކް ޝޯވއެއް ބާއްވަނީ

މިފެށޭ 2022 ވަނަ އަހަރު ފެށުމަށް ޚާއްސަ މިއުޒިކް ޝޯވއެއް ބާއްވަން ނިންމައިފިއެވެ. ޔޫތް މިނިސްޓަރ އަހްމަދު މަހްލޫފް ކުރައްވާފައިވާ ޓްވީޓެއްގައި ވަނީ އަންނަ އަހަރު ފެށުމަށް ބާއްވާ ނިއު ޔިއަރ ޝޯވ އަށް އި...

27 Dec 2021 | 08:38

މިފެށޭ 2022 ވަނަ އަހަރު ފެށުމަށް ޚާއްސަ މިއުޒިކް ޝޯވއެއް ބާއްވަން ނިންމައިފިއެވެ.

ޔޫތް މިނިސްޓަރ އަހްމަދު މަހްލޫފް ކުރައްވާފައިވާ ޓްވީޓެއްގައި ވަނީ އަންނަ އަހަރު ފެށުމަށް ބާއްވާ ނިއު ޔިއަރ ޝޯވ އަށް އިންޑިއާގެ މަޝްހޫރު ލަވަކިޔުންތެރިޔާ އަންކިތު ތިވާރީ ރާއްޖެ އަންނާނެ ކަމަށެވެ.

ޔޫތް މިނިސްޓްރީން އިންތިޒާމުކޮށްގެން ބާއްވާ މި ޝޯވ އޮންނާނީ ޑިސެމްބަރު 31 ވަނަ ދުވަހުގެ ރޭ ހުޅުމާލޭގެ ދުވާ ޓްރެކުގައި ކަމަށް ވެސް ވިދާޅުވެފައިވެއެވެ.

މި ޝޯވގައި އެކި ދިވެހި ފަންނާނުންގެ ހުށަހެޅުންތައް ވެސް ފެންނާނެ ކަމަށާއި ޝޯވ ފެށުމަށް ހަމަޖައްސާފައި ވަނީ އެ ރޭ 8:30ގައި ކަމަށް ވެސް މަހްލޫފުގެ ޓްވީޓުގައި ވަނީ ވިދާޅުވެފައެވެ.

https://twitter.com/AhmedMahloof/status/1475330503037186049

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް