ރާއްޖޭގެ ކުރީގެ މަޝްހޫރު ދެ ކްރިކެޓް ކުޅުންތެރިޔަކު ޖުމްހޫރީ ޕާޓީއަށް ސޮއިކޮށްފިއެވެ.
ޖުމްހޫރީ ޕާޓީ އިން ކުރެއްވި ޓްވީޓެއްގައި ބުނެފައި ވަނީ އެ ޕާޓީ އަށް ސޮއިކޮށްފައި ވަނީ ރާއްޖޭގެ މަޝްހޫރު ކްރިކެޓް ކުޅުންތެރިން ކަމުގައިވާ ކުރީގެ ގައުމީ ޓީމުގެ ވިކެޓް ކީޕަރ ޝަފީއު (އޮފްބެ) އަދި އިބްރާހިމް ރަޝީދު (ދޮންއައްނާރު އިއްބެ) ކަމުގައެވެ.
އެގޮތުން މި ދެ ބޭފުޅުން ޖުމްހޫރީ ޕާޓީއަށް ސޮއިކުރީ، އެ ޕާޓީގެ އިސް ބޭފުޅުންނާ އެކު ބޭއްވި ކުޑަ ރަސްމިއްޔާތެއްގައެވެ.
ޖުމްހޫރީ ޕާޓީއަކީ ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެންބަރު ޤާސިމް އިބްރާހިމް އިސްވެ ހުންނަވާ އުފެއްދެވި ޕާޓީ އެކެވެ. އަދި މިއީ ސަރުކާރު ކޯލިޝަންގައި ހިމެނޭ އެއް ޕާޓީއަށްވާއިރު، އެއީ ރާއްޖޭގައި 3 ވަނައަށް އެންމެ ބޮޑު ޕާޓީއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް