ޔާމީން މަރާލި މައްސަލައިގަ ހުކުމް ކުރުން، އާއިލާއިން އެދިގެން ފަސްކޮށްފި

ބްލޮގާ ޔާމިން ރަޝީދު މަރާލި މައްސަލައިގަ ދައުލަތުން ދައުވާ އުފުލި މީހުންނަށް ހުކުމް ކުރުން ފަސްކޮށްފި އެވެ. ޔާމީން މަރާލީ2017 ވަނަ އަހަރުގެ އޭޕްރިލް ފަހު ކޮޅު އެވެ. މި މައްސަލައިގަ ދައުލަތުން ދައުވާ އ...

27 Dec 2021 | 08:07

ބްލޮގާ ޔާމިން ރަޝީދު މަރާލި މައްސަލައިގަ ދައުލަތުން ދައުވާ އުފުލި މީހުންނަށް ހުކުމް ކުރުން ފަސްކޮށްފި އެވެ.

ޔާމީން މަރާލީ2017 ވަނަ އަހަރުގެ އޭޕްރިލް ފަހު ކޮޅު އެވެ. މި މައްސަލައިގަ ދައުލަތުން ދައުވާ އުފުލާފައިވަނީ އިސްމާއީލް ހައިޝަމް ރަޝީދާއި، ހުސައިން ޒިޔާދާއި، އިސްމާއީލް ރަޝީދާއި، ހަސަން ޝިފާޒާއި، މުހައްމަދު ދިފްރާން އަދި އަހުމަދު ޒިހާން އިސްމާއީލްގެ މައްޗަށެވެ.

މި މައްސަލައިގެ ހުލާސާ ބަޔާން މިދިޔަ މަހު18 ވަނަ ދުވަހު އިއްވުމަށް ފަހު ޝަރީއަތުގައި ގާޒީ ވިދާޅުވެފައިވަނީ30 ދުވަސް ތެރޭގައި ހުކުމް އިއްވާނެ ކަމަށެވެ. އެ ކަމަކު މުއްދަތު ފަހަނައަޅާ ދިޔަ އިރު ހުކުމް ކޮށްފައެއް ނުވެ އެވެ.

އެކަމާއި ގުޅިގެން ކްރިމިނަލް ކޯޓުން މީޑިއާގައި ބުނީ ހުކުމް ކުރުން ފަސް ކުރީ އާއިލާއިން އެދިގެން ކަމަށެވެ.

ޔާމީން މަރާލީ އިސްލާމް ދީނާއި ދެކޮޅަށް ވާހަކަދައްކާ ލިޔުންތައް ލިޔާ މީހެއް ކަމަށެވެ.

އެންމެ ފަހުން ބޭއްވި އަޑުއެހުމުގައި ހުލާސާ ބަޔާން އިއްވަމުން ދައުލަތުގެ ފަރާތުން ބުނެފައިވަނީ ދައުވާ ލިބޭ ހަ މީހުންނަކީ ހަރުކަށި ފިކުރުގެ މީހުން ކަމަށާއި ދައުވާ ލިބޭ ހަ މީހުން ހަރުކަށި ފިކުރުގެ މީހުންނާ ގުޅުން އޮންނަ ކަން އެނގެން އެބައޮތް ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް