ކޮމަންޑޫ ބައި އިލެކްޝަންގައި އެމްޓީޑީ އިން ވާދަނުކުރަން ނިންމައިފި

ރައްޔިތުންގެ މަޖިލީހުން ހުސްވެފައިވާ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި ވާދަ ނުކުރާން މޯލްޑިވްސް ތާޑްވޭ ޑިމޮކްރެޓިކްސް (އެމްޓީޑީ) އިން ނިންމައިފިއެވެ. އެ ޕާޓީން ބުނީ އެގޮތަށް ނިންމީ އެ ޕާޓީން މިއަދ...

27 Dec 2021 | 07:59

ރައްޔިތުންގެ މަޖިލީހުން ހުސްވެފައިވާ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި ވާދަ ނުކުރާން މޯލްޑިވްސް ތާޑްވޭ ޑިމޮކްރެޓިކްސް (އެމްޓީޑީ) އިން ނިންމައިފިއެވެ.

އެ ޕާޓީން ބުނީ އެގޮތަށް ނިންމީ އެ ޕާޓީން މިއަދު ބޭއްވި ކައުންސިލު ބައްދަލުވުމުގައި ކަމަށެވެ.

"މިއަދު ބޭއްވުނު އެމްޓީޑީގެ ކައުންސިލު ބައްދަލުވުމުގައި މިވަގުތު އިންތިހާބެއްގައި ބައިވެރިވުމަށް ނުފެންނަ ކަމަށް ވަނީ ނިންމާފައެވެ. ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަނަށް މިޕާޓީ އިން ހުޅުވާލުމުން ކުރިމަތިލެއްވި ހުރިހާ ފަރާތްތަކަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަމެވެ." އެ ޕާޓީން ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވެއެވެ.

https://twitter.com/MTDSecretariat/status/1475364808983670788

ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަން ބާއްވަނީ އެ ދާއިރާގެ މެމްބަރު ހުސައިން ވަހީދު އަވާހަރަ ވުމުންނެވެ. އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވަނީ އަންނަ ފެބްރުއަރީ މަހުގެ ފަސް ވަނަ ދުވަހު ބައި އިލެކްޝަން ބޭއްވުމަށެވެ.

މި ބައި އިލެކްޝަންގައި ވާދަ ކުރާކަން އިއުލާނު ކޮށްފައިވަނީ ޕީޕީއެމް އާއި ވެރިކަން ކުރާ އެމްޑީޕީގެ އަދި އެމްއެންޕީ އެވެ. މި ތިން ޕާޓީން ކެންޑިޑޭޓުން ކަނޑައެޅީ ޕްރައިމަރީ އަކާ ނުލަ އެވެ.

މީގެ ތެރެއިން އެމްއެންޕީގެ ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓު އަބްދުލްހަންނާން އިދްރީސްގެ ފޯމު މިހާރުވަނީ އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް