އެމްއެންޕީ އިން ކޮމަންޑޫ ދާއިރާއަށް ވާދަކުރައްވާ ކެންޑިޑޭޓުގެ ފޯމު އިލެކްޝަންސް އަށް ހުށަހަޅައިފި

މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) އިން ކޮމަންޑޫ ދާއިރާއަށް ވާދަކުރައްވާ ކެންޑިޑޭޓުގެ ޢަބްދުލްޙަންނާނު އިދުރީސްގެ ފޯމު އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅައިފިއެވެ. އެމްއެންޕީގެ ޓިކެޓުގައި ވާދަަކުރައްވ...

27 Dec 2021 | 07:41

މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) އިން ކޮމަންޑޫ ދާއިރާއަށް ވާދަކުރައްވާ ކެންޑިޑޭޓުގެ ޢަބްދުލްޙަންނާނު އިދުރީސްގެ ފޯމު އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅައިފިއެވެ.

އެމްއެންޕީގެ ޓިކެޓުގައި ވާދަަކުރައްވާ އަބްދުލްހަންނާން އިދްރީސް އަކީ ތަޢުލީމީ ދާއިރާއަށް ޚިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ. އެގޮތުން ރ. އަތޮޅު ތައުލީމީ މަރުކަޒުގެ މުދައްސިރެއްގެ ގޮތުގައި 1987 ވަނަ އަހަރު އަބްދުލްހަންނާންގެ ޚިދުމަތް ފެއްޓެވުމަށް ފަހު، ށ. ޅައިމަގު ފޭދޫ ސުކޫލާއި ފ. ބިލެއްދޫ ސުކޫލުގެ އެކްޓިންގ ހެޑްމާސްޓަރުކަން ވެސް ވަނީ ކުރައްވާފައެވެ.

އެއަށްފަހު ސްރީލަންކާ ގައި ސުކޫލް މެނޭޖްމަންޓްގެ ދާއިރާއިން އިތުރަށް ކިޔަވާ ވިދާޅުވުމަށްފަހު، ރާއްޖެ ވަޑައިގެން ށ އަތޮޅު މަދަރުސާގައި އަލުން ޚިދުމަތް ފައްޓަވާ ހުޅުދުއްފާރު ސުކޫލުގައި ވެސް ދެ އަހަރެއްހާ ދުވަހު މަސައްކަތް ކުރައްވާފައިވެއެވެ.

ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަނުގައި ކުރިމަތިލުމަށް ފުރުސަތު، އިލެކްޝަންސް ކޮމިޝަނުން ހުުވާލީ އެމްޑީޕީ ޓިކެޓުގައި މަޖިލީހުގައި އެ ދާއިރާ ތަމްސީލުކުރައްވަމުން ގެންދެވި މެމްބަރު ހުސެއިން ވަހީދު އަވަހާރަވުމުން އެދާއިރާގެ ގޮނޑި ހުސްވުމާ ގުޅިގެންނެވެ.

ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަނަށް ކުރިމަތިލުމަށް އެދޭ ފަރާތްކަށް މި މަހުގެ 30 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު ތިނެއް ޖެހުމާއި ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ވަނީ ހުޅުވާލާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް