ވެރިކަމުގަ އޮންނަ ޕާޓީ މަޖިލީހުގަ ބާރު ދައްކާތަން ހަނދާން ނައްތާލެވޭވަރެއް ނުވޭ: އުޝާމް

ރައްޔިތުންގެ މަޖިލީހުން ފެންނަމުން ދަނީ އެމްޑީޕީގެ މެޖޯރިޓީ ބޭނުން ކޮށްގެން ބާރު ދައްކާތަން ކަމަށް ވިލިމާލޭ ދާއިރާގެ މެމްބަރު އަހުމަދު އުޝާމް ވިދާޅުވި އެވެ. އުޝާމް މިހެން ވިދާޅުވީ އެންޓީ ކޮރަޕްޝަން ކޮ...

27 Dec 2021 | 06:56

ރައްޔިތުންގެ މަޖިލީހުން ފެންނަމުން ދަނީ އެމްޑީޕީގެ މެޖޯރިޓީ ބޭނުން ކޮށްގެން ބާރު ދައްކާތަން ކަމަށް ވިލިމާލޭ ދާއިރާގެ މެމްބަރު އަހުމަދު އުޝާމް ވިދާޅުވި އެވެ.

އުޝާމް މިހެން ވިދާޅުވީ އެންޓީ ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ މެމްބަރުން ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީވެ ފޮނުވި ބަޔާނަށް ބެލުމެއް ނެތި އެ މެމްބަރުން ވަކި ކުރަން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަަސާތަކާއި ބެހޭ ކޮމިޓީން ނިންމުންނެވެ.

އުޝާމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރައްޔިތުންގެ މަޖިލީހޭ ކިޔަނީ ޕީޕީއެމް އާއި އެމްޑީޕީ ކުޅޭ ތަނަކަށް ނޫން ކަމަށެވެ.

އޭނާ ވިދާޅުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ވެސް މެޖޯރިޓީގެ ބާރު ދައްކާލި ގޮތް އަދި ހަނދާނުން ނުފޮހެވޭ ކަމަށެވެ. އެކަމަކު އަނެއްކާ މިހާރު ވެސް ފެންނަނީ ހަމަ އެކަހަލަ ބާރު އެމްޑީޕީން ދައްކާލާ ތަން ކަމަށެވެ.

މިހާރު ކުރިޔަށްދާ 19 ވަނަ ރައްޔިތުންގެ މަޖިލީހުގައި އެމްޑީޕީ ވަނީ 65 ގޮނޑިއާއި އެކު މަޖިލީހުގެ ސުޕާ މެޖޯރިޓީ ހޯދާފަ އެވެ.

އެ ޕާޓީން ދަނީ ސަރުކާރާއި އެމްޑީޕީން ބޭނުންވާ ހުރިހާ ބިލުތަކެއް ބޭނުންވާ ގޮަތަށް ފާސް ކުރަމުންނެވެ. އަދި އެ މެމްބަރުން ބޭނުންވާ މިނިވަން މުއައްސަސާތަކުގެ މެމްބަރުން ވަކިކޮށް ވަޒީރުންވެސް ވަކިކޮށްފައިވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް